“އިން ވީވޯ” އާއި “އިން ވިޓްރޯ” ގެ ތަފާތަކީ ކޮބާ؟
7 މާޗް 2022 - 11:13
ސިއްހީ ދާއިރާއާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކުގައި އާންމުގޮތެއްގައި “އިން ވީވޯ” އާއި “އިން ވިޓްރޯ” މިދެބަސް ބޭނުންކުރެއެވެ. މިދެބަހުގެ މާނައަށް ބަލާއިރު “އިން ވީވޯ” ގެ މާނައަކީ އިން ގްލާސްއެވެ. މީގެ މާނައަކީ މެޑިކަލް ޕްރޮސީޗަރއެކެވެ. ނުވަތަ ހަދާ ކޮންެމެވެސް ތަހުލީލެކެވެ. މި ތަހުލީލުކުރަނީ ދިރިދިރި ހުންނަ އެއްޗަކުން ނޫނެވެ. އޭގެ ބަދަލުގައި މި ތަހުލީލުކުރަނީ މަރުވެފައިވާ އެއްޗަކުންނެވެ.
އަދި “އިން ވިޓްރޯ” ގެ މާނައަކީ ވިތިން ދަ ލިވިންއެވެ. މީގައި ތަހުލީލުކުރަނީ ދިރިހުރި އެއްޗަކުންނެވެ. އޭގެތެރޭގައި އިންސާނެއް ނުވަތަ ޖަނަވާރެއް ނުވަތަ ގަހެއްފަދަ ފުރާނަހުރި އެއްޗެއް ހިމެނެއެވެ.
“އިން ވީވޯ” އާއި “އިން ވިޓްރޯ” ގެ ތަހުލީލުތައް ކުރަނީ ސިއްހީ ދާއިރާގެ އެކިއެކި ތަހުލީލު ކުރުމާއި ހޯދުންތައް ހޯދުމަށެވެ. އޭގެތެރޭގައި ބައްޔަކަށް ޝިފާ ހޯދުމާއި، ބައްޔެއްގެ މައުލޫމާތު ހޯދުމަށާއި ނުވަތަ އިންސާނާގެ ހަށިގަނޑު ތަހުލީލުކުރުމަށްވެސް މިކަން ކޮށްފާނެއެވެ.
އިން ވިޓްރޯތަހުލީލުތައް ކުރަނީ ލެބޯޓްރީގައެވެ. މިއީ އިންސާނުން ނުވަތަ ޖަނަވާރުންގެ މައިކްރޯ އޮރގޭނިޒަމް ބޭނުންކޮށްގެން ކުރާ ތަހުލީލުތަކެކެވެ.