ތަލަ ވެފައިވާ ނަމަ ބޮލުގައި ސަންސްކްރީން ލާން ޖެހޭނެ

23 މާޗް 2022 - 14:00

ބޮލުން އިސްތަށި ފައިބައި ހުސްވެފައިވާނަމަ އިރުގެ އަލީގެ ސަބަބުން ބޮލުގެ މަތީ ފަށަލަ ނުވަތަ ތަލަ އަށް އަސަރުކޮށް ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ. މަޝްހޫރު ހަމުގެ ޑޮކްޓަރަކު ބުންޏެވެ. ބޮލުގެ މަތީފަށަލަ ނުވަތަ ތަލައިގެ ކެންސަރުޖެހިފައި ތިބި އެތައް ބަޔަކާ ތިމަންނަ އާއި ދިމާވެއްޖެ ކަމަށެވެ. އަދި މިކަމުގެ މައިގަނޑު އެއް ސަބަބަކީ ބޮލުން އިސްތަށި ފައިބައި އެއްކޮށް ތަލަވުން ކަމަށް ބުންޏެވެ.

އެ ދޯކްޓަރު ހާމަކުރި ގޮތިގައި އެހެން ތަންތަނުން ފެނުނު ހަމުގެ ކެންސަރުތަކަށްވުރެ ބޮލުގައި ހަންގަނޑަށް ޖެހޭ ކެންސަރުތައް މާ ނުރައްކާތެރިކަން އެނގެ އެވެ. އާންމުކޮށް ޑައިގްނޯސް ކުރުން ލަސްވެ، ބޮލުގެ ނާށިގަނޑުގައި މެލާނޯމާ ފެތުރުމަށް އެންމެ އެކަށޭނަ ހާލަތްތައް ހުރެއެވެ. ގިނަ އަދަދަކަށް ލޭހޮޅިތަކާއި ލިމްފަޓިކްސް މުޅި ދުވަހު އިރުގެ އަލިން ސީދާ ކުރިމަތިވާ ގޮތް ވެއެވެ.

advertisement

ނަސީބަކުން ޕްރިވެންޝަން އަކީ ވަރަށް ފަސޭހަ ކަމެކެވެ. އޭގައި ކޮންމެ ދުވަހަކު ވެސް އަޅަން ޖެހޭ އެއް ފިޔަވަޅު ހިމެނެ އެވެ. އެގޮތުން ސަންސްކްރީން ބޭނުން ކުރުން މުހިންމެވެ. ކޮންމެ ދުވަހަކު، ފިނި މޫސުމުގައިވެސް އަދި ހަގީގަތުގައި އެކަހަލަ އިހުސާސެއް ނުކުރެވުނަސް ބޭނުން ކުރުން މުހިންމެވެ. ފިރިހެނުންނަށް ހާއްސަކޮށްގެން އެކުލަވާލާފައިވާ އެއްޗެތި، މަދުވެގެން 30ގެ އެސްޕީއެފް އެއް ހިފައިގެން ގެއިން ނުކުތުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ބޮލުގެ އިސްތަށިގަނޑުގައި މަސާޖުކޮށްލާށެވެ. އަދި މިފަދަ އެއްޗިހި ބޭނުންކުރާއިރު ވޯޓާ ޕްރޫފް އެއްޗިހި ބޭނުންކުރުން މުހިންމެވެ.

އަނެއް ފުލޯޕްރޫފް މޫވްއަކީ އިތުރު މޮއިސްޗަރައިޒާ އަކާއެކު އެއް މޮއިސްޗަރައިޒާ އެއް ހޯދުމެވެ. ސަބަބަކީ ކޮންމެ ދުވަހަކު ބޮލުގެ ހަންގަނޑުވެސް އިތުރު މޮއިސްޗާ ބޭނުންވާނެތީ އެވެ.

ރިއެކްޝަންސް
2
0
1
1
0
0
0