ދިރާސާއިން ދައްކާ ގޮތުގައި ކޮންމެ 10 މީހަކުން އަށް މީހެއްގެ ލެއިން ޕުލާސްޓިކް ފެނޭ!

28 މާޗް 2022 - 15:56

އިންސާނުންގެ ލޭގައި ޕުލާސްޓިކުގެ އަސަރު ހުރިތޯ ބެލުމަށް ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ 10 މީހެއްގެ ތެރެއިން އަށް މީހެއްގެ ލެއިން ޕުލާސްޓިކް އަސަރު ވަނީ ފެނިފަ އެވެ.

ތިމާވެށިގެ ބައިނަލް އަގުވާމީ އެންވަޔަރަމަންޓް އިންޓަނޭޝަނަލް މަޖައްލާގައި ލިޔެފައިވާ ގޮތުގައި ބަންދުކުރާ ބާވަތްތަކުގެ ޕުލާސްޓިކް ޕޮލިއެތުލީން ޓްރެފްތަލޭޓް (ޕެޓް) އަކީ އެންމެ އާންމުގޮތެއްގައި އިންސާނާގެ ލޭގައި ހުއްޓާ ފެނުނު ވައްތަރެވެ.

advertisement

ފުޅިފަދަ ތަކެތި އުފައްދާ މި ޕުލާސްޓިކަކީ އެންމެ އާންމުކޮށް ބޭނުންކުރާ ވައްތަރެވެ. ބޭނުންކުރާ ތަކެތި ބަންދުކުރުމަށާއި ކާނާ ޕެކު ކުރުމާއި ފޮތިފަދަ ތަކެތީގައި މިވައްތަރުގެ ޕްލާސްޓިކް ބޭނުން ކުރެ އެވެ.

ކޮމަންސީޒުން ހަވާލުކޮށްގެން ކުރެވުނު މި ދިރާސާގެ އިސް މޭސްތިރިންނަކީ އެމްސްޓަޑަމްގެ ރިޖް ޔުނިވާސިޓީގެ ސައިންޓިސްޓުންނެވެ. މި ދިރާސާގައި ޓެސްޓު ކުރި 22 މީހެއްގެ ލެއިން ފަސް ވައްތަރެއްގެ ޕްލާސްޓިކް ފެނުނެވެ. އެގޮތުން ޕޮލިމެތިލް މެތަކުރިލޭޓު ، ޕޮލިޕޮރޮލިން ، ޕޮލިސްޓައިރީން، ޕޮލި އެތަލީން، ޕޮލިއެތުލީން ޓްރެފްތަލޭޓް މިފަސް ބާވަތުގެ ޕްލާސްޓިކް މި މީހުންގެ ހަށިގަނޑުން ފެނުނެވެ.

އޭގެ އިތުރުން މި 22 މީހުންގެ ތެރެއިން 17 ީހެއްގެ ލޭގައި މިނެލެވޭ ވަރަށް ޕުލާސްޓިކުގެ އެތިކޮޅުތައް ހުއްޓެވެ. ޕޮލިއެތުލީން ޓްރެފްތަލޭޓް (ޕެޓް) އަށް ފަހު ޕޮލިސްޓެރޭން އަކީ ޓެސްޓު ކުރި ލެއިން އެންމެ ގިނައިން ފެނުނު އެއް ވައްތަރުގެ ޕުލާސްޓިކެވެ. ޕޮލިސްޓަރީން އަކީ އެންމެ ގިނައިން ގޯތޮގެދޮރުގައި ގެންގުޅޭ ބާވަތްތައް ހަދަން ބޭނުންކުރާ ވައްތަރެވެ.

ތިން ވަނަ އަށް އެންމެ ގިނައިން ފެނުނު ވައްތަރަކީ ޕޮލީ އެތަލީން އެވެ. އެއީ އެއްޗެތި އަޅަން އާންމުކޮށް ބޭނުންކުރާ ކޮތަޅު އުފެއްދުމަށް ބޭނުންކުރާ ޕްލާސްޓިކެކެވެ. އަދި އެއް ސާމްޕަލްގައިވެސް ތަފާތު ތިން ވައްތަރެއްގެ ޕުލާސްޓިކް ހުރިކަން ފާހަގަކުރެވުނެވެ.

ނޭވާލާ ވައިންނާއި ކާބޯތަކެތިން ޕުލާސްޓިކް އިންސާނާގެ ހަށިގަނޑަށް އެތެރެވެ އެވެ. ރީތިވާން ބޭނުންކުރާ ސާމާނުންވެސް ޕުލާސްޓިކް ހަށިގަނޑުގެ ތެރެއަށް ވުން އެކަށީގެންވެ އެވެ. ޕޮލީއެތަލީން ހުންނަ ދަތް އުނގުލާ ބޭހާއި ތުންފަތުގައި ލާން ގެންގުޅޭ ޕެޓް ހުންނަ ލިޕްގްލޮސް މިގޮތުން ފާހަގަ ކުރެވެ އެވެ.

ކެންޕޭނާސް ގަބޫލުކުރާ ގޮތުގައި މި އާ ހޯދުންތަކުގެ ސަބަބުން ޕުލާސްޓިކުން ސިއްހަތައް ވަރަށް ސީރިއަސް އަސަރެއް ކުރެވެ އެވެ. ހޯދުންތެރިކަން ސާބިތުކޮށްދޭ ގޮތުގައި ޕުލާސްޓިކުގެ އެތިކޮޅުތައް ލޭގެ ތެރެއިންގޮސް ގުނަވަންތަކަށް ވަދެ އޭގެ ސަބަބުން ދުޅަ އުފެދިދާނެ ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި ޕުލާސްޓިކުގެ އުފެއްދުންތައް ދެގުނަވެގެން ދާނެ އެވެ. އެއީ ދުނިޔޭގައި ޕުލާސްޓިކުގެ އާ ވައްތަރުތަކަށް 2.3 ޓްރިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ހޭދަކުރާނެ ކަމަށް ބަލާފަ އެވެ. ކޮމަންސީޒުން ގޮވާލާފައިވަނީ މިކަމުގެ ސަބަބުން ސިއްހަތަށް އަސަރުކުރާގޮތް ސާފުކޮށް ދެނެގަތުމަށެވެ.

މިހާތަނަށް އައިއިރު އިންސަނާގެ ދުޅަހެޔޮ ކަމާއި ޕުލާސްޓިކުގެ ބާވަތްތައް ގިނަވުމާއި ގުޅިފައިވާ ގުޅުން ހޯދައި، އެކަމަށް ފަންޑު ކުރާނެ ގޮތްތަކުގެ މައްޗަށް އެއްބަސްވެވިފައެއް ނުވެ އެވެ. އަހަރެމެންގެ ވެށީގައި ޕުލާސްޓިކު ބޭނުންކުރުން ގިނަވާ ވަރަކަށް އެތަކެއްޗާއި އަހަރެމެންނާއި ގާތްކަންވެސް އިތުރުވެ އެވެ. އެކަމުގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ވެގެންދާނެ ގޮތް ދެނެގަނެ ދަސްކުރުމަކީ އަހަރެމެންނަށ ްކުރަންޖެހޭ ކަމެކެވެ.

ޕުލާސްޓިކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އިތުރު ދިރާސާއެއް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ޕުލާސްޓިކުގެ ގެއްލުންތަކާއި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ކުރާ ކޮމަންސީޒް ޖަމިއްޔާއިން ވިޔަފާރިވެރިންނާއި ސަރުކާރުތަކަށާއި އަނެކުންގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ގޮވަލާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕުލާސްޓިކުގެ ވަރަށް ގިނަ ވައްތަރުތައް 2023 އާ ހަމަޔަށް ހުއްޓާލަން ވައުދުވެ ވަޑައިގެންފަ އެވެ.

ރިއެކްޝަންސް
0
0
1
3
0
0
0