ކަސްޓަމްސްގެ ސުޕަވަރިޒަރީ ލެވެލް އޮފިސަރުން ތަޖުރިބާ ދަތުރަކަށް އިންޑިއާއަށް
7 މެއި 2022 - 11:14
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން 5 މެއި 2022 ވަނަ ދުވަހުވަނީ “ކަސްޓަމްސް ބިލްޑިންގް” ގައި 9- 13 މޭ 2022 އަށް އިންޑިއާގެ މުމްބާއީގައި ހުންނަ އެން.އޭ.ސީ.އައި.އެން ފަރާތުން ހިންގުމަށްހަމަޖެހިފައިވާ ތަޖުރިބާ ދަތުރެއްގައި 20 ސުޕްވައިޒަރީ- ލެވެލް އޮފިސަރުން ފޮނުވާލުމުގެ ގޮތުން ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައިއެވެ. މިއީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ދެމެދުގައި ޖޫން 2019 ގައި ބޮޮޑު ވަޒީރު މޯދީ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަސްޓާމްސްގެ ދާއިރާއިން ޤާބިލްކަންއިތުރު ކުރުމަށް ސޮއި ކުރެވުނު އެމް.އޯ.ޔޫ ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސް ގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް، ޙިދްމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކަމާއި އެކު ޙިދްމަތް ފޯރުކޮށް ދިިނުމަށްޓަކައި މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލިއެވެ.
އިންޑިއާގެ ސަފީރު މުނު މަހާވަރުގެ ވާހަކަފުޅުގައި ތަމްރީން އާއި ޤާބިލިއްޔަތުކަން އިތުރުކުރުންމިއީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމުގެ މުހިންމު ތަނބެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއިއެކު މޯލްޑިވްސް ކަސްޓަމްސް އިން އެދިފައިވާ މިންގަނޑަށް މި ޕްރޮގްރާމްތައް ފަރުމާކުރެވިފައިވާކަމުން އުފާކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ބައިވެރިންނަށް ތަޖްރިބާ ލިބިގަނެ ތަޖްރިބާ އާއި މަޢުލޫމާތު ޙިއްސާކޮށްގެން އުނގެނުމަށް ނަސޭޙަތްތެރިވިއެވެ.
ކަސްޓާމްސްގެ ދާއިރާއިން ޤާބިލްކަންއިތުރު ކުރުމަށް އިންޑިއާ އަދި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫ
މި އެމް.އޯ.ޔޫ ތަންފީޒުކުރެވިގެންދަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އޮފިޝަލުންގެ އެކި ބެޗްތަށް އިންޑިއާގެ ސެންޓްރަލް ބޯރޑް އޮފް އިންޑައިރެކްޓް ޓެކްސް އަދި ކަސްޓަމްސް (ސީ.ބީ.އައި.ސީ) ގެ ދަށުން ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްްސް، އިންޑައިރެކްޓް ޓެކްސް އަދި ނަރކޮޓިކްސްގައި ތަމްރީންދީގެންނެވެ. މިހާތަނަށް 80 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިއާގައި ތަމްރީންކުރެވިފައެވެ. ކޮވިޑް-19 ޕެންޑެމިކްތެރޭގައިވެސް އޮންލައިން ތަމްރީން ޕްރޮގްރާމްތައްވަނީ ހިންގާފައިއެވެ.
2022 އަދި 2023 ވަން އަހަރަށް “ކާގޯ ޕްރޮފައިލިންގް އަދި ރިސްކް މެނޭޖްމަންޓް”، “ކަސްޓަމްސް އިންޑަކްޝަން ޓްރެއިނިންގް ޕްރޮގްރާމް” ، “އިންޓެލިޖެންސް އިންފޯރމޭޝަން އެންޑް އިންވެސްޓިގޭޝަން” އަދި “ޑްރަގް ލޯ އެންފޯރސްމެންޓް” ފަދަ ދާއިރާތްކުން ޙާއްސް ދަތުރުތަކާއި ތަމްތީން ތަކުގެ ޕްރޮގްރާމްތަށް ވަނީ ރޭވިފައެވެ. އަދި މި ޕްރޮގްރާމް ތަކުގެ ދަށުން 120 ކަސްޓަމްސް އޮފިސަރުން ތަމްރީން ކުރެވޭނެއެވެ.