ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުގެ ނިޝާންތައް

17 މެއި 2022 - 10:10

ރާއްޖޭގެ ތާރީހަށް ބަލާލިނަމަވެސް ރާއްޖޭގައި ކުޑަކުދިންނާ ބެހުމުގެ ސަގާފަތެއް އޮތްކަން ފެނިގެންދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 12 ޕަސެންޓު އަންހެނުންނަށް އުމުރުން ފަސް އަހަރު ފުރުމުގެ ކުރިން ޖިންސީ ގޯނާކޮށްފައިވެ އެވެ. ޖުމްލަކޮށް ބަލާނަމަ އެއީ ކޮންމެ ތިން އަންހެނަކުން އެކަކެވެ. އަދި ފިރިހެނުންގެ ތެރެއިން 20 ޕަސެންޓު މީހުންނަށް ޅަ އުމުރުގައި ހުރީ ޖިންސީ ގޯނާކޮށްފަ އެވެ.

ޖިސްމާނީ އަނިޔާ ކުރާކަމުގެ ނިޝާންތައް:


އެކަށީގެންވާ މިންވަރަށް ބަޔާން ނުކުރެވޭ ފަދަ ޒަހަމްތައް، ނޫފައިގެންފައި ހުރުން ނުވަތަ އަނދާފައިހުރުން، ހާއްސަކޮށް ތުއްތު ކުދިންގެ މޫނު، ތުންފަތް އަދި އަނގަ، ނުވަތަ އެއްފަހަރާ އެތައް ތަނެއްގައި ޒަހަމްތަކެއް ހުރުމަކީ މި އަނިޔާތަކުގެ ނިޝަންތަކެވެ.

advertisement

އާންމު ގޮތެއްގައި ކުޑަކުދިންނަށް އަނިޔާ ނުލިބޭ ތަންތަނުގައި ހުންނަ ނިޝާންތަކަކަީ ޖިންސީ އަނިޔާގެ ނިޝާނެއް ކަމުގައި ބަލާށެވެ. (މިސާލަކަށް، ހަށިގަނޑުގެ އެކި ގުނަވަންތަކާއި، ބުރަކަށި، އުނަގަނޑު، އުނަގަނޑު، ކަނދުރާ)

އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް އަނދާފައި ހުންނަ ތަންތަން މިސާލަކަށް ސިނގިރެޓު ބުރި ޖައްސާފައި ހުންނަ ތަންތަން ހުންނަ ކަހަލަ ގޮތަކަށް ހުރުމެވެ.

ކުއްޖާގެ މޫނުގެ އެއްވެސް ހިސާބެއްގައި ތުންފަތް، ލޯ، ނުވަތަ އެއްވެސް ހިސާބެއްގައި ލޭ އައިސް ފަޅާލާފައިވާ ހުރުމެވެ. އެކަހެރިވުން، ބިރުގަތުން ނުވަތަ ހަރުކަށި އުޅުންވެސް އެއީ އޭގެ ނިޝާނެއް ކަމަށް ވެދާނެ އެވެ.

އިހުމާލުވެދާނެ ކަމުގެ ނިޝާންތައް:


ކުޑަކުއްޖެއް ނުވަތަ ޒުވާނުންނަށް ކުއްލިއަކަށް އަންނަ ބަދަލުތައް ދެނެގަންނާށެވެ. އާންމުކޮށް ކުޑަކުދިންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ސްކޫލަށް ނުދިޔުމާއި ސަމާލުކަން ނުދިނުން ހިމެނެ އެވެ. އުނގެނުމުގެ މައްސަލަތަކެއް (ނުވަތަ ކޮންސެންޓްރޭޓް ކުރަން އުނދަގޫ) ތަކެއް ހުރުމަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ސަބަބުތަކަކަށް ނިސްބަތް ނުކުރެވޭ ކަމެކެވެ.

ބެލެނިވެރިޔާ ނުވަތަ އަޅާލަން ހުންނަ މީހާ ސަމާލުވާންވީ ކަންކަން:

  • ސްކޫލުގައި ދިމާވާ މައްސަލަތައް ކުއްޖާގެ ބޮލުގައި އަޅުވާ އިލްޒާމަށް އިންކާރުކުރާށެވެ.
  • ދަރިފުޅާމެދު ކަންބޮޑުވާކަން ކުޑަކޮށް ނަމަވެސް ހާމަކުރާށެވެ.
  • ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ނުކުރާށެވެ.
  • ދަރިފުޅު ޑިޕްރެޝަންއަށް ދިޔަ ނުދޭށެވެ.

ޖިންސީ ގޯނާ ކޮށްފައިހުރި ކަމުގެ ނިޝާންތައް:

  • ހިނގާބިނގާވެ އުޅުމަށް ނުވަތަ އިށީނުމުގެ ދަތިކަން.
  • ޖިންސީ ގުނަވަނަށް ތަދުވުން ނުވަތަ ހިރުވުން.
  • ލެއިން ފޯވެފައިވާ ނުވަތަ އިރާފައިވާ ނުވަތަ ވީދިފައިވާ އަންނައުނު ފެނުން.
  • ޖިންސި ގުނަވަނަށް ގެއްލުވުން ނުވަތަ ލޭއައުން.
  • ބަނޑުގައި ރިއްސުން ނުވަތަ ބޮލުގައި ރިއްސުން ފަދަ ޝަކުވާތައް ގިނަވުން.
  • ޖިންސީ ގުޅުމުން އަރާ ބައްޔެއް ޖެހުން.
  • އާންމުކޮށް ޔޫރިން ނުވަތަ ޔީސްޓް އިންފެކްޝަން އުފެދުން.
  • މާބަނޑުވުން.

ޖިންސީ ޝިކާރައަކަށް ވެދާނެ ކަމުގެ ނިޝާންތައް ނުވަތަ ހިއުމަން ޓްރެފިކިންގެ ނިޝާންތައް:

  • ދިރިއުޅުމުގެ ކަންކަން ހިންގުމުގައި ނުތަނަވަސްކަން: ޒުވާނުންނަށް ބޭނުންވާ އަސާސީ ބޭނުންތައް، އޭގެ ތެރޭގައި އެކަށިގެންވާ ބޯހިޔާވަހިކަން، އަދި އެމީހެއްގެ އުމުރަށް ލަފާކުރެވޭ ހަރަކާތްތަކުގައި ބައިވެރިނުވުން.
  • ގުޅުން: ޒުވާނުންގެ ގުޅުންތަކަކީ، އެގުޅުންތަކުގެ ސަބަބުން އެމީހަކު ނުރައްކަލަށް ހުށަހެޅޭ ނުވަތަ ނުރައްކަލަށް ހުށަހެޅިދާނެ ގުޅުންތަކެކެވެ.
  • ފައިސާއާއި ތަކެތި: ޒުވާނުންގެ އަތުގައި ފައިސާ ނުވަތަ މާއްދީ މުދާ ހުންނަނީ އެމީހެއްގެ ދިރިއުޅުމުގެ ހާލަތާ ނުބައްދަލު ފައިސާ ނުވަތަ މާއްދީ މުދާ ކަމަށްވާނަމަ އެއީ ނުރައްކަލުގެ ނިޝާނެއް.
ރިއެކްޝަންސް
0
0
0
0
0
0
0