ހެނދުނު ރޫޓީންއެއް ގެންގުޅުން ކިހާ މުހިއްމު؟
17 މެއި 2022 - 16:28
ހެނދުނުގެ ބޮޑު ރޫޓީންއަކީ ސްޓްރެސް، ކަންބޮޑުވުމާއި، އުފެއްދުންތެރިކަން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރަނގަޅަށް ނިދުނުކަން ޔަގީން ކުރުމަށް ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދަން އޮށޯވެ އަދި ނިދިން ހޭލުމަކީ މުހިންމު ކަމެކެވެ. ސައިކޮލޮޖިސްޓުން ލަފާދެނީ ފޯނާއި ދުރުވެ އެލާމް ވުމުން ސްނޫޒް ކޮށްނުލާ އަމިއްލައަށް ހޭލަން މަސައްކަތް ކުރުމެވެ.
ކޮލަމްބިއާ ޔުނިވާސިޓީ އިރްވިންގް މެޑިކަލް ސެންޓަރުގެ ލައިސަންސް އޮންނަ ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ އެރިން އެންގްލް، ސައިޑީ ވިދާޅުވާ ގޮތުގައި ހެނދުނުގެ ރޫޓިންއެއް ހުރުމަކީ މުހިންމު ކަމެކެވެ. އަދި ދުޅަހެޔޮ ނާސްތާއެއް ކުރުމާއި، ބައެއް ކަސްރަތުތައް ކުރަން ފެށުމަކީ މީހާ އާދަޔާ ހިލާފަށް ފަލަވުމުން ދުރުކޮށްދޭ ކަމެއް ކަމަށްވެސް ވިދަޅުވި އެވެ. ދުވާލު ގަޑީގައި ވީހާވެސް އަވަހަކަށް އެދުވަހުގެ ކަންކަން ކުރަންވީ ގޮތް އިތުރަށް ވިސްނުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، ދުވާލުގެ ބާކީ އޮތް ވަގުތުތަކުގައި އިތުރު އުފެއްދުންތެރިކަމެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެންގްލް ބުނެފި އެވެ.
ހެނދުނުގެ ރޫޓީން އެއް ގެންގުޅުމުން ލިބޭ ފައިދާތައް.
- އަމިއްލަ އަށް ހަދާފައި އޮންނަ ޝެޑިއުލް ކޮންޓްރޯލްކުރުމުގެ އިހްސާސްވުން.
- އަމިއްލަ ނަފުސަށް ދޭ ވަގުތު މިހާރަށްވުރެ ރަނގަޅަށް އިސްކަންދިނުމުގެ ގާބިލުކަން ލިބިފައިވުން.
- ދުނިޔަވީ ޑިމާންޑްތަކަށް ރިއެކްޓް ކުރުމުގެ ބަދަލުގައި، ކޮންމެ މަސައްކަތަކާ ގުޅިގެން އަމިއްލަ އިހުތިޔާރުގައި ގަސްދުގައި ބައިވެރިވުން.
- ކުރިއަށް ހުރި ކަންތައްތަކަށް އިންތިޒާރުކުރުމާއި، ކަންކަން ބަދަލުކުރުމަށް ގާބިލުކަން މިހާރަށްވުރެ ފުރިހަމައަށް ލިބިގެންވުން.
- ތިބާގެ ކިބައިގައި ކުޅަދާނަކަމާއި، ކޮންޓްރޯލުކުރުމާއި، ކުރިއަށް ހުރި މަސައްކަތްތައް ނެވިގޭޓް ކުރާއިރު، ތިބާގެ ކިބައިގައި ހުންނަންޖެހޭ ބާރު ގަދަކުރުން.
- އިތުރު އުފެއްދުންތެރިކަމެއް އިހުސާސް ކުރެވުމާއި، ފުރިހަމަކަމާއި، އަމިއްލަ ފުދުންތެރިކަމާއި، ކާމިޔާބީތަކާމެދު ފަހުރުވެރިވެ، ފަހުރުވެރިވުމުގެ އިހުސާސް ތިބާއަށް ކުރެވޭނެ.
- ދިގު މުއްދަތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިތުރު އާދަތައް ގެންގުޅެން ފަސޭހަކޮށްދޭ.
ނިދާނެ ވަކި ގަޑިއެއް ކަނޑައެޅައި މެއިންޓެއިން ކުރުން:
ކޮންސިސްޓެންސީ އަކީ ކޮންމެ ރޫޓީންއެއްގެ ވެސް މައި ތަނބު ކަމަށް އެންގްލް ވަނި ބުނެފަ އެވެ. ފިކްސްޑް ބެޑްޓައިމް އާއި ވޭކްއަޕް ޓައިމް ކަނޑައެޅުމުގެ އާދަ ހަރުލުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ހަމައެކަނި ކުރިއަށް އޮތް ދުވަސްތަކުގައި ހަށިގަނޑަށް އަރާމު ލިބި ރޭގަނޑު ނިދަން ފަސޭހަވެގެންދެ އެވެ.
ކިހާ ވަގުތެއް ބޭނުންވާނެތޯ ޕްލޭން ކޮށްލާ:
އެންގްލް ލަފާދެނީ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ހެނދުނު އަމިއްލަ ނަފްސަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ. ފުރަތަމަ އެންގޭޖްވާ ކަންތަކާއި، ފުރަތަމަ ބައްދަލުވާ މީހާ އާއި ނުވަތަ ދަރިންގެ މަދަރުސާ ފެށޭ ވަގުތު ފަދައިން، ފަހަތަށް ރޭވުންތައް ރާވައި، ހުރިހާ ކަމަކަށް ފިޓްވާ މިންވަރަށް އަވަހަށް ތެދުވެ، އެހުރިހާ ކަމެއް ރާވައި ހިންގުމަކީ މުހިންމު ކަމެކެވެ.
ސްނޫޒް ކޮށްނުލާ:
ސްނޫޒް އަކީ އެދުވަހުގެ ގޯސް ފެށުމެވެ. ބައެއްފަހަރު ސްނޫޒް ޖައްސައިގެން މޮޅުވުން ކަހަލަ އިހްސާސެއް ކުރެވިދާނެ އެކަމަކު ދިގު މުއްދަތަކަށް ރެސްޓް ހާސިލުކުރުމުގެ އަމާޒަށް ވާސިލުވުމުގައި އޭގެ ޔޫޓިލިޓީ ވަރަށް ކުޑަ ކަމަށް އެންގްލް ބުންޏެވެ.
އަމިއްލައަށް ސްނޫޒް ގިނަ ގިނައިން ޖައްސަން ފެށިއްޖެނަމަ، އެންގްލް ލަފާދެނީ އަވަހަށް ތެދުވެގެން ތިބާގެ އުއްމީދުތައް ހާސިލް ކުރުމަށް އަލުން މަސައްކަތް ކުރާށެވެ. ހަށިގަނޑަށް އިތުރު އަރާމު ކަމެއް ބޭނުންވެއްޖެނަމަ، ދެން އެގޮތުގެ މަތިން ޝެޑިއުލް އެޖަސްޓް ކުރަން ޖެހިދާނެއެވެ. އާންމު ގޮތެއްގައި ބޮޑެތި މީހުންނަށް ރެއަކަށް ހަތް ގަޑިއިރާއި ނުވަ ގަޑިއިރާއި ދެމެދުގެ ނިދި ބޭނުންވެ އެވެ.
އަވަހަށް އެނދުން ތެދުވުން:
އެނދުމަތީގައި އޮށޯވެ ލައިގެން އޮވެ، ތެދުވެ، ފޯނު މެދުވެރިކޮށް އިރުކޮޅަކު ސްކްރޯލް ކޮށްލަން މަޖްބޫރުވެދާނެ ކަމަށް ހީކުރެވުނު ނަމަވެސް، އެންގްލް ލަފާދެނީ އޭގެ ބަދަލުގައި އެނދުން އަވަހަށް ތެދުވުމަށެވެ. އެނދުން ފައިބައިގެން ދިއުމަކީ ފުރަތަމަ ފިޔަވަޅެވެ. ދެން، ފުރިހަމަ ސަމާލުކަން ގެނެވިދާނެ އެއް އެކްޓިވިޓީ އެއް ހިޔާރު ކުރުމަށް ވެސް ވަނީ ލަފާދެ އެވެ. އެއީ ނަމާދު ކުރުން، ކަސްރަތު ކުރުން، ނުވަތަ ދަތްތައް އުނގުޅުން ކަމުގައިވިޔަސް މައްސަލައެއް ނެތް ކަމަށް އެންގްލް ބުންޏެވެ.
ފޯނާ ދުރުވުން:
ހަބަރު ނުވަތަ ސޯޝަލް މީޑިއާ ފީޑްސް މެދުވެރިކޮށް ސްކްރޯލް ކުރުމަކީ ހެނދުނުގެ އުފެއްދުންތެރިކަމަށް އުނިކަން އަތުވެދާނެ ފަދަ ޕެސިވް އެކްޓިވިޓީއެކެވެ. މި ބާވަތުގެ ކޮންޓެންޓާ އެކު އެންގޭޖްވުމަކީ މުޅިންތެދުވެ ނުވަތަ އެނދުން ތެދުވުމުގެ ކުރިން، ވިސްނާނުލައި ކިޔާލަން ހިތްގައިމު ކޮންޓެންޓަކަށް ވެދާނެ އެވެ. އެއީ ވެދާނެ ކަމެއް ކަމަށާއި އެކަމަކު ހަގީގަތުގައި މިއީ ޕެސިވް އެކްޓިވިޓީއެއް ކަމަށް އެންގްލް ބުންޏެވެ.
އަމިއްލަ ނަފްސު ތެދުކުރަން މަސައްކަތް ކުރޭ
ރަނގަޅު ވާހަކަތައް އަޑުހަރުކޮށް ނުވަތަ އެއިބާރާތްތައް ލިޔުމަކީ އަމިއްލަ ނަފުސަށް އިތުބާރު އުފެއްދުމަށާއި، ކައުންޓަރ ނެގެޓިވް ވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ކުރިއަށް އޮތްތަނުގައި ތިބާގެ ގުޅުންތަކަށް ވެސް ފައިދާ ކޮށްފާނެ ކަމެކެވެ.
ތިބާގެ އަމިއްލަ ތަފްސީރުތައް އިހުތިޔާރުކުރެވިދާނެ ނުވަތަ މީގެތެރެއިން ބައެއް ކަންކަން ޓްރައިކުރެވިދާނެއެވެ. އެގޮތުން ތިމާ އަކީ ސްމާޓް، ހަރުދަނާ، ކުޅަދާނަ، އޯގާތެރި މީހެއްކަމަށް ގަބޫލު ކުރުން ހިމެނެ އެވެ.
ފެން ބުއިން:
އަމިއްލަ ޕްރެކްޓިސް އެއް އޮންނަ ނިއުޓްރިޝަނިސްޓެއް ކަމަށްވާ އާރްޑީ، ސީޓީޓީ، އެލިނާ ކައިދަނިއަން ލަފާދެނީ ޓީ ނުވަތަ ކޮފީގެ ބަދަލުގައި ފެނުން ދުވަސް ފެށުމެވެ. އޭނާ ލަފާކުރަނީ ތެދުވެގެން އެންމެ ފުރަތަމަވެސް ފެންބުއިމަށެވެ. އަދި މަދުވެގެން ދުވާލަކު އަށް ތަށި ފެން ބުއިމަށް ލަފާދެ އެވެ. ފެނަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ހަޖަމުކޮށްދީ، އެއިން ނިއުޓްރިއެންޓްސް އެބްޒޯބްކޮށް، ކުނިބުނިން ސަލާމަތްވުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ ފެނަކީ ކޮންމެހެން ވެސް ބޭނުން އެއްޗެކެވެ.
ކަސްރަތު ކުރުން ނުވަތަ ސްޓްރެޗް ކުރުން:
ހެނދުނު ކަސްރަތު ކުރުމަކީ ނިދުމުގެ ސައިކަލް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެވިދާނެ އެވެ. އެކަމަކު އެއީ ތިބާގެ އަމާޒުކޮށްފައިވާނަމަ އެވެ.
ތެދުވެ ގަޑިއެއްހާ އިރުގެ ތެރޭގައި އެއްޗެއް ކާލާށެވެ.
ކައިދަނިއަން ބުނީ ނިދާ ހޭލަިއގެން ހެނދުނުގެ ނާސްތާ ނަގަން އެންމެ ރަނގަޅު ގަޑިއަކީ ހޭލާތާ އެއްގަޑި އިރުތެރޭގައި ކަމަށެވެ. މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑުގެ މެޓަބޮލިސަމް ސްޓިމިއުލޭޓު ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ބުންޏެވެ.
ދުޅަހެޔޮ ނާސްތާ އޮޕްޝަންތައް އިހްތިޔާރު ކުރޭ:
ހެނދުނުގެ ނާސްތާގެ ވާހަކަ ދައްކާއިރު އެންމެ ރަނގަޅު އޮޕްޝަންތަކަކީ މުޅި ކާބޯތަކެތީގެ މައްޗަށް ބިނާވެފައިވާ ކާބޯތަކެތި ކަމަށް ކައިދަނިއެން ވަނީ ބުނެފަ އެވެ. އެއީ އެތަކެތީގެ ގުދުރަތީ ހާލަތުގައި ހުންނަ އަދި ޕްރޮސެސް ނުކުރާ ކާނާ، ޕްރޮޓީން އާއި ފައިބަރު އެކުލެވޭ ކާނާ، ޕްރޮޓީން އާއި ފައިބަރު ބޭނުންކޮށްގެން ތިބާގެ ހަށިގަނޑު ކުރިއަށް އޮތް ދުވަހަށް ދުޅަހެޔޮ ކުރުމަށް ބޭނުންވާނެ ކާނާކަމަށް ބުންޏެވެ. އަދި އޯޓްސް، ޔޯގަޓް ހުންނަ މޭވާ، ނުވަތަ ވެޖީ އެގް މަފިން އަކީ ކައިދަނިއަން ލަފާދޭ ބައެއް ސިއްހަތަށް ފައިދާހުރި އޮޕްޝަންތަކެއް ކަމަށްވެސް ބުންޏެވެ.