މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

19 މެއި 2022 - 18:19

ވ.އަތޮޅުން މަރުވެފައި އޮތް ބޮޑު މަހެއް ފެނިއްޖެ

ވ.އަތޮޅުން މަރުވެފައި އޮތް ބޮޑު މަހެއް ފެނިއްޖެއެވެ. އެމަސް ފެނުނީ އެއަތޮޅު މަޑަންގިރި ކިޔާ ފަރެއްގެ ބޭރުން އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ބަޔަކަށެވެ.

ވ.އަތޮޅު ކައުންސިލުން އަންނަނީ މިމަސް ހިކިފަސް ސަރަަހަދަކަށް އެރުވުމުގެ މަސަކަތް ކުރަމުންނެވެ. އެއީ އެއަތޮޅަކީ ފަތުރުވެރިކަމުގެ އަތޮޅަކަށް ވުމުން، އެމަސް ހިއްކާފައި ކަށިތައް ނަގާ މަހުގެ ޑިޒައިނަށް ރޭވުމުގެ ބޭނުމުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

advertisement

ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ ސްކޮލަރޝިޕް ފުރުޞަތަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި ސްކޮލަރޝިޕަށް ކުރިމަތިލާން އަލުން ހުޅުވާލީ، ކުރިން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ ކަމަށެވެ.

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ވަނީ 16 މެއި 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފއި ކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެ.

މި މަޝްރޫޢުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މިއީ 39.9 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

1 މިލިއަން ރުފިޔާގެ އިނާމާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް ހުޅުވާލައިފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 1 މިލިއަން ރުފިޔާގެ އިނާމަކާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލެވިފައިއެވެ.  ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.

ބ.ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިއްޖެ

ބ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މިމަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުއެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަދުވަހުއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0