މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

22 މެއި 2022 - 16:30

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައިފި އެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 170 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 890 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

advertisement

ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ގދ. ވާދޫގައި ކުރިއަށް ގެންދިޔަ ކުޅިވަރުން ފަހިކަން އަދި އަރުތަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހު 18 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޟްއެވެ. ރަސްމިއްޔާތުގައި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝަމީމް، ސައުތު ޕޮލިސް ސަބް ރީޖަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން، ގދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ ފާތިމަތު ރިޝްވީނާ އަޙްމަދު އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު ބައިވެރިވެލެއްވިއެވެ. އޭގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި ޕްރޮގްރާމްތަކުގެ ބައިވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

“ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން” ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި

“ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން” ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ، އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ، އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.

އެގްރޯނެޓުގެ 2 ރަށުން ދަނޑުވެރިންނަށް މިއަހަރު ބިން ދޫކުރަނީ

އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށުން މިއަހަރުގެ ތެރޭގައި ދަނޑުވެރިންނަށް ބިން ދޫކުރާނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ 2 ރަށަކީ ލ.ގާދޫއާއި ހއ. މުލިދޫއެވެ. މި 2 ރަށުގެ އެއްބަސްވުމުގައި އެގްރޯނެޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދެމެދު ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

އިންޑިއާ އައުޓް ބެނަރ ނެގުމުން ޔާމީނު ހައިކޯޓަށް

ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ފަށައިފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0