އަބަދު ވަރުބަލިކަން އިހުސާސް ކުރެވޭ 6 ސަބަބަކާއި ފަރުވާ
24 މެއި 2022 - 12:40
ދުވާލު ވަގުތު ދޭތެރެ ދޭތެރެއިން މަޑު ނިދި އައުން އިހުސާސް ކުރުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ކުއްލިއަކަށް މާބޮޑަށް ނިދި އަންނަ ކަމުގެ އިހުސާސް ކުރެވޭނަމަ ނުވަތަ ގިނަ ފަހަރަށް އެކަމުގެ ސަބަބުން 7-8 ގަޑިއިރަށް ވުރެ ގިނައިން ނިދި އަންނަ ނަމަ މިއީ ކަންބޮޑުވާން ޖެހޭ ސަބަބަކަށް ވެދާނެ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހުރިހާ ވަގުތެއްގައި ވަރުބަލިވެ، ވަރުބަލިކަން އިހުސާސް ކުރުމަކީ ދުވަހުން ދުވަހަށް ކުރާ މަސައްކަތަށް ހުރަސް އެޅިދާނެ ކަމެކެވެ. ވަކިން ހާއްސަކޮށް ކާރެއް ނުވަތަ އެހެން މެޝިނަރީއެއް އޮޕަރޭޓް ކުރާ ހާލަތުގައި ނުރައްކަލަކާ ކުރިމަތިވުން އެކަށީގެންވާ ކަމެކެވެ.
މިއީ ދުވާލު ގަޑީގައި މާބޮޑަށް ނިދި އައުން މެދުވެރިވާ ހަ ސަބަބަކާއި އެކަމަށް ފަރުވާކޮށް ދިރިއުޅުން އަލުން ރަނގަޅު މަގަށް ގެނެވޭނެ ގޮތެވެ.
ނިދި ދަރަނި (ސްލީޕް ޑެބޓް)
ނިދުމުގެ ދަރަނި އުފެދެނީ އާންމުކޮށް ލިބޭ އަދި ބޭނުންވާ އެއްޗަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ނިދި ނުލިބިގެންނެވެ. މިސާލަކަށް އާންމުކޮށް އަށް ގަޑިއިރު ނިދާ މީހަކަށް ކުއްލިއަކަށް އަށް ގަޑިއިރު ނިދި ލިބޭ މަދު ދުވަސްކޮޅެއް ލިބިއްޖެނަމަ ނިދުމުގެ ދަރަނިވެރިވާނެ އެވެ.
މި ދަރަނި ވަގުތު ފާއިތުވަމުންދާ ވަރަކަށް ބޮޑުވެގެންދެއެވެ. ނިދުމުގެ ދަރަނި ގިނަވިވަރަކަށް ނިދި އަންނަ ކަމުގެ އިހުސާސް ކުރެވި، ބޭސްލައިނަށް އެނބުރި ދިއުމަށް ގިނަ ވަގުތު ނަގާނެއެވެ.
ނިދުމުގެ ދަރަނި ކުރިމަތިވެދާނެ ހަމައެކަނި ދިރިއުޅުން ރަނގަޅު ރޭގަނޑެއްގެ އަރާމު ހޯދުމަށް ހުރަސް އެޅިފައި އޮތުމުން ނަމަވެސް، އެއީ ސިއްހީ މައްސަލައެއްގެ ނަތީޖާއަކަށް ވެސް ވެދާނެ އެވެ.
ސަރޓިފައިޑް ނަފްސާނީ ޑޮކްޓަރު އަދި ނިދުމުގެ ބޭސްވެރިކަމުގެ ސްޕެޝަލިސްޓް އަދި މެންލޯ ޕާކް ސައިކިއޭޓްރީ އެންޑް ސްލީޕް މެޑިސިންގެ ބާނީ އެލެކްސް ޑިމިޓްރިއު، އެމްޑީ ބުނި ގޮތުގައި ނިދުމުގެ ދަރަނި އެއްމެ ރެއަކު ވެސް އެކަށީގެންވާ ވަރަށް ނިދި ނުލިބުމުން ވެސް ކުރިމަތިވެދާނެ އެވެ. އަދި އެކަން ރަނގަޅުވާން އެތައް ދުވަހެއް ނަގާފާނެ ކަމަށް އޭނާ ބުންޏެވެ.
ފަރުވާ: ނިދުމުގެ ދަރަންޏުން އަރައިގަތުމަށްޓަކައި އެކަށީގެންވާ ވަރަށް ނިދި ހޯދަން ޖެހެއެވެ. ޑިމިޓްރިއު ބުނާ ގޮތުގައި ރެއަކު މަދުވެގެން ހަތް ނުވަތަ އަށް ގަޑިއިރު ނިދާކަން ޔަގީން ކުރަން ޖެހޭނެ ކަމަށާއި، އެންމެ ރަނގަޅީ ކޮންމެ ރެޔަކާއި ހެނދުނު ގާތްގަނޑަކަށް އެއް ގަޑިއެއްގައި ނިދާފައި ހޭލެވޭނެ ކަމަށެވެ.
އަދި އެއްރޭ މެދުނުކެނޑި ނިދާފައި އަނެއް ރޭ މާގިނައިން ނިދާ ފްލިޕް ފްލޮޕް ނިދުމުގެ އުސޫލުތަކުން ދުރުހެލިވާން ޖެހޭ ކަމަށް ޑިމިޓްރިއު ބުންޏެވެ. އޭގެ ބަދަލުގައި ކޮންމެ ރެއަކު އެއްގޮތަކަށް ނިދުމަށް އަމާޒު ހިފާށެވެ.
ކެފެއިން
“ނިދުމުގެ ފެންވަރަކީ ނިދުމުގެ މިންވަރާ އެއްވަރަށް މުހިންމު ކަމެއް. ރޭގަނޑު ނިދުމުގެ ރަނގަޅު މަރުހަލާތަކަށް ސިކުނޑިއަށް ދިއުމަކީ މުހިންމު ކަމެއް، އަދި ގިނަ މާއްދާތަކުން މިކަމަށް އުދަނގޫވެދާނެ،” ޑިމިޓްރިއު ބުންޏެވެ. މިސާލަކަށް އޭނާ ބުނާ ގޮތުގައި އާންމު ދެ ކުށަކީ ކެފެއިން އާއި ބަނގުރަލެވެ.
ކެފެއިންގެ ސަބަބުން ނިދި އަންނަން ގިނަ ވަގުތު ނަގާ، ނިދުމުގެ ފެންވަރު ދަށްވެ، ޖުމްލަކޮށް ނިދުމުގެ ވަގުތު ކުރުވެދާނެ އެވެ. 2013 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ނިދުމުގެ ހަ ގަޑިއިރު ކުރިން ކެފެއިން ކެއުމުން ޖުމްލަ ނިދުމުގެ ވަގުތު ގަޑިއަކަށް ވުރެ މަދުވެގެންދެއެވެ. 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އާދައިގެ މިންވަރަކަށް ބަނގުރާ ބުއިމުން ނިދުމުގެ ފެންވަރު %24 ދަށްވެ، ގިނައިން ބަނގުރާ ބުއިމުން %39.2 ދަށްވެއެވެ.
ފަރުވާ: ޚާއްޞަކޮށް ނިދާ ވަގުތާ ކައިރިވުމުން، ބަނގުރާ އަދި/ނުވަތަ ކެފެއިން ކެއުން މަދުކުރުމަކީ، ޖުމްލަ ނިދުމުގެ ފެންވަރު ރަނގަޅުކޮށް، ދުވާލު ނިދި މަދުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ ހަ ގަޑިއިރު ކުރިން ކެފެއިން ބުއިމާއި ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ބަނގުރާ ބުއިން ހުއްޓާލުމެވެ.
ބޭސްކެއުން
އެކިއެކި ބޭސްތައް ބޭނުންކުރުމުން މާބޮޑަށް ނިދި އައުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމަށް ޑިމިޓްރިއު ވިދާޅުވެއެވެ. ޚާއްޞަކޮށް ފުރަތަމަ ފަހަރަށް ބޭހެއް ބޭނުން ކުރަން ފެށުމުން މި ނޭދެވޭ އަސަރުތައް ފާހަގަ ކުރެވިދާނެއެވެ.
ނިދި އައުން މެދުވެރިވާ ބޭސްތަކަކީ:
- އެލާޖީއަށް ދޭ ބޭސް
- އެންޓި އެންޒައިޓީ ބޭސް
- އެންޓިޑިޕްރެޝަން ބޭސް
- އެންޓިސައިކޮޓިކްސް
- އެންޓިކޮންވަލްސެންޓްސް
- ލޭމައްޗަށް ދިއުމުގެ ބޭސް
- މަސްލް ރިލެކްސް ކުރާ ބޭސް
- ތަދު ކަނޑުވާ ބޭސް
ފަރުވާ: މި ބޭސްތަކުގެ ސަބަބުން ނިދި އިތުރުވާ ކަމަށް ހީވާނަމަ ޑޮކްޓަރަކާ ވާހަކަ ދައްކާށެވެ. އެއީ އެ ބޭހަކީ ހަށިގަނޑު އެއަށް އެޑްޖަސްޓްވާން ޖެހޭ ބޭހެއް ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ، ދުވާލުގެ ތަފާތު ވަގުތެއްގައި ތިމާއަށް ރަނގަޅަށް މަސައްކަތް ކުރެވޭ ގޮތަށް ބޭސް ބޭނުންކުރާ ގަޑި ބަދަލުވެސް ކުރެވިދާނެއެވެ. ކަމެވެ. މެޑިކަލް ޕްރޮފެޝަނަލަކާ ވާހަކަ ދެއްކުމުގެ ކުރިން ޑޮކްޓަރު ބުނާ ގޮތަށް ބޭސް ކެއުން ހުއްޓާނުލާށެވެ.
ސްލީޕް އެޕްނިއާ
ސްލީޕް އެޕްނިއާ އަކީ އިންތިހާއަށް އާންމު ހާލަތެއް ކަމަށާއި، މިއީ ގާތްގަނޑަކަށް %25 ފިރިހެނުންނާއި %10 އަންހެނުންނަށް ޖެހޭ ބައްޔެކެވެ. އެއީ މުޅި ރޭގަނޑު ވަގުތީ ގޮތުން ނޭވާލުން ހުއްޓި، ނިދުމަށް އުދަގޫވެ ނިދުމުގެ ފެންވަރު ދަށްވުން ކަމަށް ޔޭލް މެޑިސިންގެ ބޯޑުން ސެޓްފިކެޓް ލިބިފައިވާ ޕަލްމޮނޮލޮޖިސްޓް އަދި ސްލީޕް މެޑިސިން ސްޕެޝަލިސްޓް މެއިރް ކްރައިގަރ، އެމްޑީ ވިދާޅުވެއެވެ.
މީހަކާ އެނދެއްގައި ހިއްސާކުރާނަމަ، އަޑުގަދަކޮށް ނޭވާހިއްލާ އަޑު އިވޭކަން ނުވަތަ ރޭގަނޑު ނޭވާލުން ހުއްޓާލާތަން ފެނިފައިވާކަން ރިޕޯޓްކޮށްފާނެ ކަމަށާއި އެއީ ސްލީޕް އެޕްނިއާގެ ފާހަގަކުރެވޭ އަލާމާތްތަކަކަށް ވެދާނެ ކަމަށް ކްރައިގަރ ބުންޏެވެ.
ފަރުވާ: ނިދުމުގެ ޓެސްޓްތަކުން ސްލީޕް އެޕްނިއާ ޖެހިފައިވާކަން އެނގިއްޖެނަމަ ފަރުވާ ބިނާވާނީ ތިބާގެ ހާލަތުގެ ސީރިއަސް ކަމުގެ މައްޗަށެވެ. ބަރުދަން އިތުރުވެއްޖެނަމަ ބަރުދަން ލުއިވުން ފަދަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް ރައްދުދީ މަޑު ކޭސްތަކެއް ލިބިދާނެ އެވެ. ނަމަވެސް މެދުމިނުގެ ނުވަތަ ސީރިއަސް ހާލަތްތަކުގައި އެންމެ އާންމު ފަރުވާއަކީ ނޭވާލާ ނިޒާމު ހުޅުވާފައި ބެހެއްޓުމަށް އެހީތެރިވުމަށް ކޮންޓިނިއުއަސް ޕޮޒިޓިވް އެއާވޭ ޕްރެޝަރ (ސީޕީއޭޕީ) މެޝިން ބޭނުން ކުރުމެވެ. ސީޕީއޭޕީ މެޝިނަކީ ތިބާއަށް ރަނގަޅު މެޝިނެއް ނޫން ނަމަ، ދުލުން ސްޓޭބަލް ކުރާ ޑިވައިސްތައް ފަދަ އަނގައިން ބޯ ސާމާނު ބޭނުންކުރުމަކީ ވެސް އަނެއް ގޮތަކަށް ވެދާނެ އެވެ.
ނާރކޯލެޕްސީ
ނާރކޯލެޕްސީ އަކީ ސިކުނޑިއަށް ނިދުމާއި ހޭލުމުގެ ސައިކަލްތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވާ ހާލަތެކެވެ. ދުވާލު ވަގުތު އިންތިހާއަށް ވަރުބަލިވެއްޖެނަމަ، ކޮންމެ ތަނެއްގައި ހުއްޓަސް ކުއްލިއަކަށް ނިދި އަންނަ ހިސާބަށް ވެސް ނާރކޯލެޕްސީ ޖެހިދާނެ ކަމަށް ކްރައިގަރ ވިދާޅުވެއެވެ. މި ހާލަތަކީ ނިސްބަތުން އާންމު ހާލަތެއް ނޫން ނަމަވެސް އެމެރިކާ އާއި ހުޅަނގު ޔޫރަޕްގައި ކޮންމެ 2000 މީހުންގެ ތެރެއިން އެކަކު މިބަލި ޖެހެ އެވެ.
ފަރުވާ: ނާރކޯލެޕްސީ އަކީ އާންމުކޮށް މުޅި އުމުރަށް ދިމާވާ ކަމެއް ނަމަވެސް ބޭސްތަކުގެ ސަބަބުން ސީރިއަސް އަލާމާތްތަކުން ރައްކާތެރިވެ، ބަލި މެނޭޖްކުރުމަށް އެހީތެރިވެދެއެވެ. ފަރުވާ ދިނުމުގެ ގޮތްތަކުގެ ތެރޭގައި ޑޮކްޓަރުގެ ލަފާގެ މަތިން ލިބޭ ބޭސްތައް ހިމެނެއެވެ. އެއީ:
- ސްޓިމިއުލެންޓްސް
- އެންޓިޑިޕްރެޝަން ބޭސް
- ސޯޑިއަމް އޮކްސިބޭޓް (ރޭގަނޑު ނަގާ ވަރުގަދަ ސެޑޭޓިވް އެއް)
ރެސްޓްލެސް ލެގް ސިންޑްރޯމް
ރެސްޓްލެސް ލެގް ސިންޑްރޯމްގެ މައިގަނޑު އަލާމާތަކީ ފައިގައި އިންތިހާއަށް އުނދަގޫ ވުމުން އެ ފައި ހަރަކާތް ކުރަން ޖެހޭ ކަމަށް ކްރައިގަރ ބުންޏެވެ. އެ އިހުސާސް ކުރެވޭނީ އެޗިނެސް އިން ފެށިގެން ހަންގަނޑު ކްރޯލް ކުރާ ކަހަލަ އިހުސާސެއް ކުރުމާއި، ފައި ހަރަކާތް ކުރުމުގެ ޝައުގުވެރިކަމަށް ދޫކޮށްލުމަކީ ވަގުތީ ގޮތުން އެ އުނދަގުލުން ފިލުވައިދޭނެ ކަމެކެވެ.
މި ހާދިސާ އާންމުކޮށް ގޯސްވަނީ އަރާމުކުރާއިރު އަދި/ނުވަތަ ރޭގަނޑު ވަގުތުތަކުގައި ކަމަށާއި، މިކަމުގެ ސަބަބުން ރޭގަނޑު ދަންވަރު ހޭލެވުމުން ނިދި އައުމާއި އަލުން ނިދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ނިދުމަށް ބުރޫއަރާތީ، ޖެހިގެން އަންނަ ދުވަހު މާބޮޑަށް ވަރުބަލިވެދާނެ އެވެ. މީގެ އިތުރުން ނިދާއިރު ގިނަގިނައިން ފައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. ނިދުމުގެ މިންވަރާއި ނިދުމުގެ ފެންވަރު ދަށްވުމުން ދުވާލު ނިދި އަންނަ ގޮތް ވެއެވެ.
ފަރުވާ: ގިނަ ހާލަތްތަކުގައި މީހެއްގެ ރެސްޓްލެސް ލެގް ސިންޑްރޯމް ޖެހުމަށް މެދުވެރިވާ ސަބަބެއް އެނގިފައި ނުވި ނަމަވެސް ބައެއް ފަހަރު އެއީ ދަގަނޑު މަދުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ކްރައިގަރ ބުންޏެވެ. މި ހާލަތުގައި ދަގަނޑު ސަޕްލިމެންޓް ދިނުމުން މި ސިންޑްރޯމް އަށް ފަރުވާ ދިނުމަށް އެހީތެރިވެދެވިދާނެ އެވެ. އެހެން މަންޒަރުތަކުގައި ފަރުވާގައި ހިމެނެނީ އެކިއެކި ބޭސްތައް ކަމަށްވާ:
އެންޓި ސިޒޭރިއަން ބޭސްތައް
- ޑޮޕަމިން ލެވެލް މަތިކޮށްދޭ ބޭސްތައް (ނިއުޕްރޯ އަދި މިރަޕެކްސް ފަދަ)
- މަސްތަކަށް ރިލެކްސް ކުރާ އެއްޗެހި
- އޮޕިއޯއިޑްސް
ދުވާލު ގަޑީގައި މާބޮޑަށް ނިދި އައުމުން ދުވަހުން ދުވަހަށް ދިރިއުޅުމަށް ހުރަސް އެޅެމުންދާނަމަ، އެ ސަބަބު ދެނެގަތުމަށް ޑޮކްޓަރަށް ނުވަތަ ނިދުމުގެ ސްޕެޝަލިސްޓަކަށް ޗެކް އިން ކޮށްލާށެވެ.
ހަމައެކަނި ކޮންމެ ރެއަކު އިތުރަށް ނިދުން ޖެހުނަސް ނުވަތަ ހާލަތެއް މެނޭޖް ކުރުމަށް ބޭސް ބޯން ޖެހުނަސް، މެޑިކަލް ޕްރޮފެޝަނަލަކު ތިބާއަށް ރަނގަޅަށް އަރާމުކޮށް ސަމާލުކަން އިހުސާސް ކުރެވޭނެ މަގަށް ގެންދެވޭނެ އެވެ.