މައިގްރޭންގެ މައްސަލައަށް މެގްނޭޒިއަމް ގިނައިން ހިމެނޭ ކާނާ ބޭނުންކުރޭ

28 މެއި 2022 - 9:09

މައިގްރެއިން އަކީ އެކި ހާލަތްތަކަށް ސިކުނޑި އިޖާބަދިނުމުގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެހެންވެ، ނިދި މަދުވުމާއި ބައެއް ބާވަތުގެ ކާނާ ބޭނުންކުރުމުން އަދި އަންހެނުން މައްސަރު ކަންތައް ޖެހޭ ދުވަސްވަރު މައިގްރެއިންގެ އުނދަގޫ ބޮޑުވެ އެވެ. މައިގްރޭންއަށް އެކި މީހުން ގޭގައި އެކި ފަރުވާ ހޯދައެވެ. އަދި ބައެއް މީހުން މިކަމަށް ޑޮކްޓަރުގެ އެހީތެރިކަންވެސް ހޯދައެވެ.

މައިގްރޭންގެ އުނދަގޫ ކުޑަކުރުމަށް މެގްނޭޒިއަމްއަކީވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑަށް ބޭނުންވާ އެތައް ސަތޭކަ ބަޔޯކެމިކަލް ރިއެކްޝަނަކަށް ބޭނުންވާ ވަރަށް މުހިންމު މިނެރަލްއެކެވެ. އޭގެ މައިގަނޑު ވަޒީފާ އަކީ ނާރުތަކާއި މަސްތަކަށް އެހީތެރިވުމެވެ. އެކަމަކު މިއީ ދިފާއީ ނިޒާމާއި ކަށިތައް ވަރުގަދަކޮށް އަދި ލޭގައި ހިމެނޭ ހަކުރު ކޮންޓްރޯލްކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގައި ވެސް އެހީވާ މާއްދާއެކެވެ. އެކި ހާލަތުގައި ސިކުނޑި އިޖާބަ ދޭ ގޮތް ބައްޓަންވުމުގައި މެގްނީޒިއަމް މުހިންމު ދައުރެއް އަދާކުރެއެވެ.

advertisement

ދިރާސާތަކުން ދައްކާފައިވާ ގޮތުގައި މައިގްރެއިންގެ އުނދަގުލާ ކުރިމަތިވެގެން އުޅޭ ދުވަސްވަރު ލެޔާއި ސިކުނޑީގައި ވެސް މެގްނީޒިއަމް މަދުކަން ފާހަގަވެފަ އެވެ. މެގްނީޒިއަމް އިތުރުވުމުން މިފަދަ ކެމިކަލްތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ކުޑަކޮށްދޭނެ ކަމަށް ދިރާސާއިން ދައްކައެވެ. އެހެންކަމުން މައިގްރޭންގެ މަެއްސަލަ ދިމާވާ މީހުން މެގްނޭޒިއަމް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތަޖުރިބާކާރުން ލަފާ ދެނީ ދުވާލަކު 200-250 މިލިގްރާމްގެ މެގްނީޒިއަމް ދެ ފަހަރު ނުވަތަ 500 މިލިގްރާމްގެ މެގްނީސިއަމް އެއްފަހަރާ ބޭނުންކުރުމަށެވެ. މެގްނީސިއަމް ހުންނަ ކާނާ ކެއުމަކީ ވެސް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަމެކެވެ. މެގްނީސިއަމް ގިނައިން ހުންނަ ކާނާގެ ތެރޭގައި ފެހިކުލަ ގަދަ ފަތް، ބަރަބޯ އޮށް، އާމަންޑް، އެވޮކާޑޯ އަދި ތީނި ހިމެނެ އެވެ.

ރިއެކްޝަންސް
3
19
1
0
0
2
1