“އީޓިންގ ޑިސްއޯޑަރ” އަކީ ހަމައެކަނި ކާންއުނދަގޫވުމާއި ނުކެވުން އެކަންޏެއް ނޫން
29 މެއި 2022 - 17:19
“އީޓިންގ ޑިސްއޯޑަރ” އޭ ބުނުމުން ގިނަ ބަޔަކަށް ހީވަނީ އެއީ ހަމައެކަނި ކާންއުނދަގޫވުމާއި ނުކެވުން ކަމަށެވެ. ނަމަވެސް މީގެ އިދިކޮޅުވެސް ހިމެނެއެވެ. އެއީ މާގިނައިން ކެއުމާއި ކާން ފަށައިފިނަމަ ނުހުއްޓުމެވެ.
މާގިނައިން ކާހިތްވުމަކީ ބައެއް މީހުންނަށް ދިވާވާ ހާލަތެކެވެ. މިއީވެސް ސީރިއަސް މައްސަލައެކެވެ. އަދި އެހެން ބަލިތަކާއި އެއްގޮތައް މިކަމުގައިވެސް ފަރުވާ ބޭނުންވެއެވެ.
އާންމުގޮތެއްގައި ޙާއްސަ ހަފްލާއެއްގައި މީހަކު ގިނައިން ކައިފާނެއެވެ. މިއީ އަދި މާގިނައިން ކެއުމެއް ނޫނެވެ. މާގިނައިން ކރުމަކީ ވަރަށް ސީރިއަލް ނަފްސާނީ ބައްޔެކެވެ. މީގެ ސަބަބުން މީހާއަށް އެމޯޝަނަލް އަދި ފިޒިކަލީވެސް މައްސަލަ ދިމާވެއެވެ.
މާގިނައިން ކެއުމަށް މަގުފަހިކުރުވާ ސަބަބުތަކަކީ ކޮބާ؟
މިކަމަށް މަގުފަހިކުރުވާ ބައިވަރު ސަބަބުތައް ހުރެދާނެއެވެ. އޭގެތެރޭގައި ޖެނެޓިކް ނުވަތަ އާއިލީކަމަކުން، ލޯސެލްފް އެންޓީމް، މާގިނައިން ޑައިޓްކުރުން ހިމެނެއެވެ. މާގިނައިން މީހަކު ޑައިޓްކުރާނަމަ ބައެއް މީހުންނަށް ކެއުމަށް މަގުފަހިވެ އެކަން ހުއްޓުމަށް އުނދަގޫވެއެވެ.
މާގިނައިން ކެވޭ ކަމުގެ އަލާމާތްތަކަކީ ކޮބާ؟
މާގިނައިން ކެއުމޭ ބުނެވެނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާގިނައިން ކެއުމެވެ. ބަނޑުހައި ނުވިއަސް އެފަދަ މީހުން ކާނެއެވެ. އަދި ކައިނިމުމަށްފަހު އެކަމަށް ލަދުގަނެ ޑިޕްރެސް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި އަލާމާތްތައް ފެންނަނަމަ ތިޔައީ ގިނައިން ކާމީހެކޭ ބުނެވިދާނެއެވެ.
- ތަނަކަށްދާން ލަސްވެގެން އުޅޭގޮތައް އަވަސްއަވަހަށް ކެއުން
- ބަނޑުހައި ނުވިއަސް މާގިނައިން ކެއުން
- އެހެންމީހުން ގިނައިން ކައޭ ބުނެ ދިމާކޮށްފާނެތީ އެކަނި އިނދެގެން ކެއުން
- ބަނޑަށް އުނދަގޫވާވަރަށް ކެއުން
މާގިނައިން ކެއުމުގެ ސަބަބުން މީހާއަށް ނަފްސާނީ ގޮތުންވެސް ގިނަ ކަންކަމަކަށް ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި:
- ޑިޕްރެޝަން
- އެންޒައިޓީ
- ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑީސްއޯޑަރ (ޕީޓީއެސްޑީ)
މާގިނައިން ކެއުމަކީ ސިއްހީގޮތުންވެސް ގިނަ ބަލިތަކަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. އޭގެތެރޭގައި:
- ފަލަވުން
- ހަކުރުބަލީގެ ޓައިޕް 2
- ހިތުގެ ބަލިތައް
- ހުޅުހުޅުގެ މައްސަލަ
- ލޭގެ ޕްރެޝަރު މަތިވުން
- ގޯލްބްލެޑަރގެ މައްސަލަތައް
- ގައިގައި ރިހުން
- ޑިޕްރެސަން
- ނިދަން އުނދަގޫވުން
މިކަން ހައްލު ކުރާނީ ކިހިނެތް؟
މިކަން ހައްލުކުރުމަށް ޑޮކްޓަރެއްގެ ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ނުވަތަ އަމިއްލައަށްވެސް ކެއުން ލިމިޓްކުރަން މަސައްކަތް ކުރެވިދާނެއެވެ. އަދި ގްރޫޕް ތެރަޕީ ނެގިދާނެއެވެ. އެގޮތުން މި މައްސަލަ ދިމާވާ އެކަކު އަނެކަކާއި ބައްދަލުވެ މަޝްވަރާކުރެވިދާނެއެވެ.