އާތުރައިޓިސްގެ ރިހުން ކުޑަކުރުމަށް ކުރެވޭނެ ކަންކަން

8 ޖޫން 2022 - 12:43

އާތުރައިޓިސް  ނުވަތަ ރާއްޖެ ބައްޔަކީ ހަށިގަނޑުގެ ހުޅުތައް ދުޅަވުމާއެކު، މަޑުވުމަށް ދިމާވާ ހާލަތެކެވެ. މި ހާލަތުގެ މައިގަނޑު އަލާމާތްތަކަކީ ހުޅުތަކާއި ކަށީގައި ރިހުމެވެ. އުމުރުން ދުވަސް ވާ ވަރަށް ރިހުން ގޯސް ވެ އެވެ.

ރާއްޖޭގައި އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ހުންނަ މީހުން ވަރަށް ގިނައެވެ. އިނގެންޖެހޭ ކަމަކީ އާތުރައިޓިސްއާ ގުޅިގެން ދިމާވާ ތަދުތަކާއި ރިހުންތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން މެނޭޖު ކުރެވިދާނެ ކަމެކެވެ. އެގޮތުން މި އާޓިކަލްގައި މި ހިމަނާލަނީ އާތުރައިޓިސް ހުންނަ މީހުންނަށް މި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

advertisement

ބަރުދަން

މުޅި ހަށިގަނޑު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ރަނގަޅު ބަރުދަނެއްގައި ދެމި ހުންނަން ޖެހެ އެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ތެރޭގައި ކަށިތަކާއި ހުޅުތަކުގެ ދުޅަހެޔޮކަން ހިމެނެ އެވެ. ބަރުދަން އިތުރުވުމުގެ ސަބަބުން ހުޅުތަކަށް އިތުރު ބުރަ އުފުލަން ޖެހުމަކީ އާތުރައިޓިސްގެ ރިހުން ގޯސް ކުރާނެ ކަމެކެވެ.

ކަސްރަތު ކުރުން 

ގަވާއިދުން ކަސްރަތުކޮށް، ރަނގަޅު ބަރުދަނެއްގައި ދެމިހުރުމުން ރިހުންތައް ކޮންޓްރޯލް ކުރެވޭނެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަސްރަތުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަނގަޅު ކާނާ ކެއުން

ކެއުމުގައި ގިނައިން މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ލޯ ފެޓް، ލޯ ކެލޮރީ ކާ އެއްޗެހި ހިޔާރު ކުރެވިދާނެއެވެ.

ވިޓަމިން ސީ

ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑަށް ދިމާވާ ދުޅަވުމުގެ މައްސަލައަށް ވިޓަމިން ސީއަކީ ރަނގަޅު އެއްޗެކެވެ. އެހެންކަމުން ވިޓަމިންސީ ގިނައިން އެކުލެވޭ އެއްޗެހި ކެއުމުގައި ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ކެންޓަލޫޕް، ކިވީ، އަނބު، ފަޅޯ، އަލަނާސި، ބެރީސް އަދި ކަރާ ހިމެނެއެވެ.

ކަށިތަކާއި ހުޅުހުޅުގައި ރިހުމުގެ ސަބަބުން ސްޓްރެސްވެ، ޑިޕްރެސްވުމަކީ ބައެއް މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް މިފަދަ ޝުއޫރުތަކުގެ ސަބަބުން އެ ރިހުންތައް އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެކެވެ. ސްޓްރެސް ލެވެލް މެނޭޖު ކުރުމަށް ޗުއްޓީއެއް ނެގުން ފަދަ ކަމެއް ކުރެވިދާނެ އެވެ. ނަމަވެސް ޗުއްޓީގައި ވެސް ގަވާއިދުން ބޭސް ކައި، ކަސްރަތު ކުރުމަށް ސަމާލުކަން ދޭން ޖެހެ އެވެ.  ކޮންމެ ރެއަކު މަދުވެގެން އަށް ގަޑިއިރު ނިދި އަދި ގަވާއިދުން ދުވާލު ގަޑީގައި އަރާމު ކުރުމަކީ ސްޓްރެސް ފިލުވަން އެހީވެދޭނެ ކަމެކެވެ.

ރިއެކްޝަންސް
5
11
1
12
2
0
2