ޒުވާނުންގެ މެދުގައި ހިތުގެ ބަލި ޖެހުން އާންމުވަނީ

15 ޖޫން 2022 - 9:59

ޒުވާން އުމުރުގައި ހިތުގެ ބަލިތައް ނުޖެހޭނެކަމަށް ބުނެ ބައެއް މީހުން ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތައް މާބޮޑަށް އަޅާލާތަނެއް ނުފެނެއެވެ. އެހެންނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ހިތުގެ ބަލިތައް ޖެހުން ގާތްހެން ޒުވާން އުމުރުގައިވެސް ހިތުގެ ބަލިތައް ޖެހިދާނެކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ.

ހިތުގެ ބަލިތަކުގެ ތެރޭގައި ހަޓް އެޓޭކްޖެހުން ނުވަތަ ސްޓްރޯކް ޖެހުން ފަދަ ކަންކަން ހިމެނެއެވެ. އުމުރުން ދުވަސްވުމުން މިފަދަ ބަލިތައް ޖެހުން އާންމުވިނަމަވެސް މިހާރު ވަރަށް ޒުވާން މީހުންނަށްވެސް ހިތުގެ މިފަދަ ބަލިތައް އަންނަނީ ޖެހެމުންނެވެ. އުމުރުން ޅައިރުގައި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަންތައްތަކެއް ހުރެއެވެ.

advertisement

2020 ވަނަ އަހަރު ޖާނަލް އޮފް ދި އެމެރިކަން ހަޓް އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އުމުރުގެ ޅައިރުގައި ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް އެބަހުރިކަމަށެވެ. އޭގެތެރޭގައި ބޮޑީ މާސް އިންޑެކްސް، ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރާއި، ހަކުރާއި، ބްލަޑް ޕްރެޝަރު ފަދަ ސިއްހީ މައްސަލަތައް ހުންނަނަމަ ޒުވާނުންނަށްވެސް ހިތުގެ ބަލިތައް ޖެހުން ގުޅުންހުރިކަމަށެވެ.

މީގެއިތުރުންވެސް ޒުވާންދުވަސްވަރުގައި ސިއްހަތައް ފައިދާހުރި ކާނާ ނުކެއުމާއި، ކަސްރަތު ނުކުރުން އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް ހިތުގެ ބަލި ޖެހުމަށް މަގުފައިވާކަމެއްކަމަށް ވަނީ ބުނެފައެވެ.

މި ރިޕޯޓްގައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ ޒުވާނުންގެ އަދަދު އިތުރުވަމުންއަންނާތީ ޒުވާނުންގެ ތެރޭގައި ހަކުރު ބަލީގެ ޓައިޕް2 ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް ބުނެފައެވެ. އަދި ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާންދޭންޖެހޭ ޒުވާނުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

ޒުވާނުންގެ މެދުގައި ފެޝަންއަކަށްވެ އެނަރޖީ ޑްރިންކް ފަދަ ބުއިންތައް ގިނައިން ބުއިމަކީވެސް ހިތުގެ ބަލިތައް ޖެހުން ޒުވާން އުމުރުގައި އިތުރުވަމުން އަންނަ ސަބަބެކެވެ.

ރިއެކްޝަންސް
0
0
0
5
0
0
1