މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

15 ޖޫން 2022 - 17:58

ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް

ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

“ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް” ހުޅުއްވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މުޖުތަމަޢުގެ އެންމެން ޝާމިލްކޮށްގެން ތަރައްޤީ ގެނައުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައިވާކަމަށާއި، މިސަރުކާރުގެ އަމާޒަކީ، އެންމެނަަށްވެސް ފަސޭހައިން އާދެވޭނެ އަދި އެންމެންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުން ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި “ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް” ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފަށައިފި

ކ. ބަނޑޮސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ (ހުޅަނގު – އިރުމަތީ ކޮޅު) ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

ސައުތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަހާސިންތާއެއް ބާއްވައިފި

ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) ގެ ފުލުހުންގެ މަހާސިންތާއެއް ބާއްވައިފިއެވެ.

މި މަހު 13 އިން 15 އަށް  ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި، ސައުތު ޕޮލިސް ރީޖަންއަކީ އެންމެ އަމާން ރީޖަންއަށް ހެދުމަށް އެކުގައި މަސައްކަތްކުރުމަށް މުއައްސަސާގެ އަދި ސައުތު ޕޮލިސް ރީޖަންގެ ޕޮލިސިންގ އަމާޒުތަކަށް މަސައްކަތްކުރުމާ އަދި ރީޖަންގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

ހިޔާ މެޑިކަލް ސެންޓަރ ހުޅުވައިފި

ޕައިތޮން ޕްރައިވެޓް ލިމިޓެޑް އިން އެޗް 12 ގައި ހިޔާ މެޑިކަލް ސެންޓަރުގެ ނަމުގައި ސިއްހީ ޙިދުމަތް ފޯރުކޮށްދޭ ސެންޓަރެއް ހުޅުވައިފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0