އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭނަމަ ހެދޭނީ ކިހިނެތް؟

2 ޖުލައި 2022 - 16:24

އަމިއްލަ މީހާއަކީ ކަންކަން ކުރުމުގެ ގާބިލްކަން ނެތް މިހެއްކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟ މިއީ ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. މިއީ އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ކުޑަވެ އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނަމަވެސް ނަފްސަށް އޮންނަ ޔަޤީންކަން ބޮޑުކޮށް މިކަން ބަދަލުކުރެވިދާނެއެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަޤީންކަން ވަރުގަދަކުރުން ފެށެނީ ކުއްޖާގެ އެންމެ ތުއްތު ދުވަސްތަކުގައެވެ. މިކަން ބިނާވެގެންވަނީ ގިނަ ކަންކަމަކަށެވެ. އޭގެތެރޭގައި:

advertisement
  • ކަންކަމާއިމެދު ވިސްނާގޮތް
  • ގޭތެރޭގެ މާހައުލު
  • އެހެންމީހުންނާއި އިންޓަރެކްޓްވާގޮތް
  • ސްކޫލްގެ މާހައުލު ނުވަތަ މަސައްކަތުގެ މާހައުލު
  • ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން
  • ސޮސައިޓީ ސްޓޭޓަސް
  • މީޑިއާއިން އިވޭ އަޑުތަކާއި ވާހަކަތައް

އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ބޮޑުވުމުގެ މުހިންމުކަން:

އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ބޮޑުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މިކަން މީހާގެ މުޅި ދިރިއުޅުމާއި ގުޅިފައިވާތީއެވެ. އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ބޮޑު މީހަކު އޭނާގެ ނަފްސާއި މެދު ދެކޭގޮތް ވަރަށް ބޮޑަށްވެސް ރަނގަޅުވާނެއެވެ. މީގެ ސަބަބުން މީހާއަށް ކޮންފިޑެންސް ލިބި އަމިއްލަ ދިރިއުޅުމާއި އަދި މަސައްކަތުގެ މާހައުލުގައިވެސް އަދި މުޖްތަމައުގައި އުޅޭއިރުވެސް މީހާއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މީގެ ބަދަލުގައި އަމިއްލަ ނަފްސާއިމެދު އޮންނަ ޔަޤީންކަން ކުޑަ މީހަކަށް ދިރިއުޅުމައިގެން ކުރިއަށްދާން އުނދަގޫވާނެއެވެ. ސަބަބަކީ ކަންކަން ކުރުމަށް ފަސްޖެހި، މީހުންނާއިއެކު އުޅެން އުނދަގޫވުމެވެ.

ނޭޝަނަލް އެލައަންސް އޮން މެންޓަލް އިލްނެސްއިން ބުނެފައިވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުގައި ގިނަ ސަބަބުތަކެއް ހިމެނޭކަމަށެވެ. އޭގެތެރޭގައި:

  • އެޑިކްޝަން
  • ގުޅުންތައް ހީނަރުވެފައިވުން
  • އެންޒައިޓީ
  • ޑިޕްރެޝަން

އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރެވިދާނެ ކަންތައްތައް:

  • އައު ހުނަރެއް އަށަގެނުވުން
  • އަމިއްލަ ނަފްސަށް އިތުބާރު ދެވޭނެފަދަ ބަޔަކާއިއެކު އުޅުން
  • ނާކާމިޔާބީއާއި މެދު ދެކޭގޮތް ބަދަލުކުރުން
  • ތެރަޕިސްޓަކާއި ވާހަކަދެއްކުން
ރިއެކްޝަންސް
1
4
1
0
3
0
0