ފިރިހެނުންގެ އިންޓިމޭޓް ހައިޖީން ޓިޕްސް

6 ޖުލައި 2022 - 16:35

ރަނގަޅު އިންޓިމޭޓް ހައިޖީން ބެލެހެއްޓުމަކީ ފިރިހެނުންގެ ދުޅަހެޔޮ ސިއްޙަތަކަށް ނުހަނު މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. މިއީ ފިރިހެނުން ދައްކަން ބޭނުންވާ ވާހަކައަކަށް ނުވެދާނެއެވެ. ފިރިހެނުން ގިނަ ފަހަރަށް އިންޓިމޭޓް ހައިޖީންއާ ބެހޭ ގޮތުން ވާހަކަ ނުދައްކަނީ އެއީ ވަރަށް ރިސްކު ކުޑަ ކަމެކޭ ހިތައެވެ. ސިއްޙީ މާހިރުންގެ ތަޖުރިބާޔާއި ލަފަޔަށް ބަލާއިރު ފިރިހެނުންގެ ޖިންސީ ގުނަވަނާއި އެގުނަވަނާއި ގުޅިފައިވާ ހަށިގަނޑުގެ ބައިތަކަކީ ނޭދެވޭ ބެކްޓީރިއާ އަށަގަތުމަށް ފަސޭހަ ހިސާބެކެވެ. ސާފުތާހިރުވުމަށް މަތިމަތިން ގޮތެއް ހަދާލުމުން ނިމުނީކަމަށް ހަދައިގެން ފަރުވާ ކުޑަކުރުމުން އިނދެގެންއުޅޭ އަނބިމީހާއަށްވެސް މިކަމުގެ އުނދަގޫތަކާއި ކުރިމަތިވެއެވެ.  

ގަވާއިދުން ދޮވެ ގްރޫމް ކުރަންވާނެއެވެ.

ކުޑަކަމުދާ ކޮންމެ ފަހަރަކު، ފެންވަރާއިރު، ނުވަތަ ޖިންސީ ގުޅުން ހިންގާ ކޮންމެ ފަހަރަކުވެސް ގިންސީ ގުނަވަން ދޮވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނުތާހިރުކަން ބޮޑުވެ ހަށިގަނޑުގެ އެހިސާބުގައި ބެކްޓީރިއާ އަށަގަނެ ނުބައިވަސް ދުވުމާއި ތިމާގެ ބައިވެރިޔާއަށް ބެކްޓީރިއާގެ އަސަރު ކުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން ޕިއުބިކް ހެއާ އަމިއްލައަށް ޓްރިމްކޮށް، ސާފުކޮށް، މޮއިސްޗަރައިޒްކޮށް ބެހެއްޓުމަކީ ވެސް ބެކްޓީރިއާތަކުން ސަލާމަތްވުމަށް ކުރުން މުހިންމު ކަމެކެވެ.  

advertisement

ފިޓް އަދި ބްރީތަބަލް ޖަނގިޔާ ނުވަތަ ބޮކްސާ ބޭނުންކުރުން.

ބޮކްސާ ނުވަތަ ޖަނގިޔާ މާ ޓައިޓްކޮށްވެސް އަދި މާދޫކޮށްވެސް ބަހައްޓައިގެން ކަމަކު ނުދާނެއެވެ. ރަނގަޅީ ކޮޓަން އާއި ކޮޓަން ބްލެންޑް ކުރެވިފައިވާ ހަށިގަނޑާއި ހަމަށްވެސް ފަސޭހަ މެޓީރިއަލަކުން ހަދާފައިވާ ގާމެންޓްސް ބޭނުންކުރުމެވެ. އެހެންކަމުން ރަނގަޅު ފެންވަރުގެ، ރަނގަޅަށް ފިޓްވާ ޖަނގިޔާ ނުވަތަ ބޮކްސާ ގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ބެލެންސްޑް ޑައިޓެއް ގެންގުޅުން.

ޑައިޓް ވަރަށް މުހިންމެވެ. ރަނގަޅު ކާނާއިން ހަށިހެޔޮކަމާއި ދުޅަހެޔޮކަން ގެނެސްދޭއިރު ނުބައި ވަސްވަހުންވެސް ރައްކާތެރި ކޮށްދޭނެއެވެ. ޚާއްޞަކޮށް ސިޓްރަސް މޭވާގެ އާއިލާގައި ހިމެނޭ މޭވާތަކާއި އާއި ލީފީ ގްރީންސް ފިރިހެންވެރިންގެ ޖިންސީ ގުނަވަނާއި ގުޅިފައިވާ ހަށިގަނޑުގެ ބައިތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް އެހީތެރިވެދޭއިރު، އިންޓިމެޓް ސިއްޙަތަށް ބޭނުންވާ ނިއުޓްރިއެންޓްސް ވެސް ފޯރުކޮށްދެއެވެ. ފަސޭހައިން ޢަމަލުކުރެވިދާނެ މިފަދަ ޓިޕްސްތައް ފޮލޯ ކުރެވޭނަމަ ތަފާތު ފެންނާނެއެވެ.

ރިއެކްޝަންސް
5
8
9
2
1
2
0