ހަކުރު މަދުކުރަން ބޭނުންކުރެވިދާނެ ބުއިންތަކެއް
13 ޖުލައި 2022 - 11:45
ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ބައެއް މީހުންގެ ވަރަށް ގިނައެވެ. ހަކުރު ގިނައިން އެކުލެވޭ ބުއިންތައްވެސް ގިނައިން ބޭނުންކުރެވެއެވެ.
ހަށިގަނޑުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރަން ވަރަށް ގިނަ މީހުންމަސައްކަތްތައް ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަންތައް އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފަ އެވެ.
އާންމުކޮށް ފޮނި އެއްޗެހި ނުވަތަ ހަކުރުގެ ބާވަތް ހިމެނޭ އެއްޗެއްސަކީ ވަރަށް ކާހިތްކުރުވާ އެއްޗެއްސެވެ. އެހެން ވަނީ ހަށިގަނޑުގެ ބްލަޑް ޝުގާގެ މިންވަރު މަދުވުމުންނެވެ. ބްލަޑް ޝުގާ މަދުވުމުން ބަނޑުހައިކަން އިހުސާސްކުރެވޭ ވަރު އިތުރުވެ އެވެ. އަދި ފޮނި އެއްޗެހި ކާހިތްވެ، އެ ކެއުމުން ވަރަށް ފަސޭހައިން ބަނޑު ފުރޭ ކަމުގެ އިހުސާސް ކޮށްދެ އެވެ.
ނަމަވެސް ބްލަޑް ޝުގާގެ މިންވަރު މަތި ކުރުމަށް ކޮންމެހެން “އާޓިފިޝަލް ހަކުރު” ބޭނުމެއް ނުވެ އެވެ. އަމިއްލަ ސިއްހަތަށް ފަައިދާ ވާނެ އަދި ރައްކާތެރި ގޮތްގޮތުން ވެސް ހަކުރުގެ މިންވަރު މަތިކޮށްލެވޭނެ އެވެ. މި ހިމަނާލަނީ އެކަމަށް ބައެއް ބުއިންތަކެވެ.
މާޗާ
މިއީ ޖަޕަނީސް ގްރީން ޓީ އަށް ކިޔާ ނަމެކެވެ. އެހެން ކަހަލަ ގްރީން ޓީ އާ ތަފާތުކޮށް މާޗާ ތައްޔާރުކުރާ ގޮތް ތަފާތެވެ. މާޗާ ތައްޔާރުކުރާނީ ސައިފަތްތައް ފުނޑުކޮށް، ފުށަށް ބަދަލުކުރުމަށް ފަހު ހޫނުފެނާ އެއްކޮށްގެނެވެ. މި ގިރަން ބޭނުންވާނީ ހަމައެކަނި ހޫނު ފެނެވެ.
މާޗާ ބޭނުންކުރާ ނަމަ، ހަށިގަނޑަށް ބޭނުންވާ އިންސިއުލިން އިތުރުކޮށްދެ އެވެ. އަދި މީގެ ސަބަބުން ގްލޫކޯޒް ނަގާ މިންވަރު އިތުރުކޮށްދޭ ކަމަށް ވެސް ދައްކަ އެވެ. އަދި އޭގެ ނަތީޖާއަކަށް ވަނީ ބްލަޑް ޝުގާގެ މިންވަރު އިތުރުކޮށްދިނުމެވެ.
ކިރާއެކު ރީނދޫ
ރީނދުލަކީ އެތައް ފައިދާތަކެއް އޭގެ ސަބަބުން ކޮށްދޭ އެއްޗެކެވެ. ގޯލްޑެން މިލްކްގެ ނަން ދީފައިވާ މި ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރު ދަށްކުރެވޭނެއެވެ.
ގްރީން ސްމޫތީ
ފެހި އެކި ބާވަތްތައް ހިމެނޭ ސްމޫތީތަކަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ކޭލް އާއި ސްޕިނެޗް އާއި ސެލެރީ އަދި ޗިއާ ސީޑްއާ އެކު ދޮންކެޔޮ އެއްކޮށްގެން ގިރާ ސްމޫތީ އަކީ ފައިބަރ ގިނައިން އެކުލެވޭ އެއްޗެކެވެ. އަދި މިއީ ވެސް ބްލަޑް ޝުގާ ރެގިއުލޭޓްކޮށް، ފޮނި އެއްޗެހި ކާހިތްވާ މިންވަރު ދަށްކޮށްދޭ ބުއިމެކެވެ.