މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

16 ޖުލައި 2022 - 17:56

މިނީ ބަސްތައް ގެނެސްފި

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 36 މިނީބަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން މާލެ ގެނެސްފިއެވެ. އެމްޓީސީސީން ވިދާޅުވީ މީގެ ތެރެއިން 12 މިނީ ބަހަކީ މާލެއަށް ހާއްސަކޮށްފައިވާ ބަސް ކަމަށް، އަދި އެހެން ބަސްތަކަކީ އަތޮޅުތެރެއަށް ހާއްސަ ބަސް ކަމަށެވެ.

advertisement

ކުޑަގިރީގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ސަރުކާރުން ތަރައްޤީކުރަމުންދާ ކުޑަގިރި ޕިކްނިކް އައިލެންޑުގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ޢަބްދުالله ޝާހިދަށް ގުއާޓަމާލާގެ އެންޓޯނިއޯ ހޯޒޭ ޑި އިރިސަރީ ޢިއްޒަތް އަރުވައިފި

ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބްދުالله ޝާހިދް އަށް އަރުވައިފިއެވެ.

‎މި ޢިއްޒަތް އަރުވާފައި ވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.

އ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވި ލޯންޗަކަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން 47 މީހުންނާއެކު އއ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރަނީ

މިދިޔަ އަހަރުގެ އޯގަސްޓްމަހު ރަސްފަރި ފަރަށް ބޯޓެއް އަރައި ލިބުނުގެއްލުމަށްފަހު އެފަރު ކުރިން އޮތްގޮތަށް ބަދަލުކުރަން މަގުފަހިކުރަން މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވެއްޖެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0