ކުޑަކުދިންނަށް ދެވިދާނެ ސިއްހަތަށް ފައިދާހުރި ސްނެކްސް

17 ޖުލައި 2022 - 9:52

ބައެއް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ކުޑަކުދިންނަށް ސިއްހަތައް ފައިދާހުރި ކާނާ ދިނުމަށް ފަހުގައި ސްނެކްސްގެ ގޮތުގައި ކޮންމެ އެއްޗެއް ދިނަސް ރަނގަޅުވާނެކަމަށެވެ. ނަމަވެސް މިއީ ހަޤީގަތެއް ނޫނެވެ. ސްނެކްސް ދިނުމުގައިވެސް ބަލަންވީ ކުއްޖާއަށް ފައިދާހުރި ސްނެކްސް ދިނުމަށެވެ. ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބަދަލުގައި ފައިދާހުރި ތަކެތި ކުއްޖާއަށް ސްނެކްސްގެ ގޮތުގައި ދިނުމަށް ބެލެނިވެރިން އާދަކުރަންޖެހެއެވެ.

ތުއްތު ކުދިންގެ ގޮހޮރު ކުޑަވުމުގެ ސަބަބުން ކުއްޖާއަށް ބޭނުންވާ ނިއުޓްރިޝަން ކޮންމެ ދުވަހަކު 3 ފަހަރު ކޭނަމަވެސް ނުލިބޭނެއެވެ. އެހެންކަމުން މިތަކެތި ކުއްޖާއަށް ލިއްބައިދޭ އިތުރުގޮތަކަށް ދުވާލުގެ ވަގުތުތަކުގައިދޭ ހެލްތީ ސްނެކްސް ހެދިދާނެއެވެ.

advertisement

އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި ކުއްޖާއަށް ދޭނެ ސިއްހަތައް ފައިދާހުރި ސްނެކްސްތައް ކުރިއާލާ ކަނޑައެޅިދާނެއެވެ. ކުއްޖާގެ ސިއްހަތައް ފައިދާހުރި ސްނެކްސްއެއް ދޭކަން ޔަޤީންކުރުމަށްޓަކައި މިކަންކަމަށް ބެލިދާނެއެވެ.

މޭވާއާއި ތަރުކާރީ

ދަޅުގައި ނުވަތަ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ތަކެއްޗަށްވުރެ ތާޒާ މޭވާއާއި ތަރުކާރީ ކޮށާލުމަށްފަހު ކުއްޖާއަށް ދިނުމަކީ އެންމެ ރަނގަޅުގޮތެވެ.

ޕްރޮޓީން ލިބޭ ކާނާ

ޕްރޮޓީން ލިބޭ ކާނާގެ ތެރޭގައި ރަނގަޅަށް ކައްކާފައި ހުންނަ ބިސް، ޔޯގަޓް، ނަޓްސް އަދި ސީޑްސް، ޗީޒް، މަހުގެ ބާވަތްތައް، ކިރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ މޭވާގެ ސްމޫތީ ދެވިދާނެއެވެ.

ހޯލް ގްރެއިން

މީގެތެރޭގައި ރައިސް ކޭކް، މަފިން، ޕާން، ހަކުރު ނާޅާހުންނަ ސީރިއަލް ހިމެނެއެވެ.

ދަރިފުޅުގެ ހަށިގަނޑަށް ފައިދާހުރި ސްނެކްސް ދެވޭކަން ޔަޤީންކުރާނީ ކިހިނެތް؟

  • ކާނާގެ 2 ބާވަތް އެއްކޮށް ސްނެކްސްގެ ގޮތުގައި ދިނުން (މިސާލަކަށް ޔޯގަޓްއާއި މޭވާ އެއްކޮށް ދިނުން)
  • އެއްފަހަރާ މާގިނައިން ނުދީ ޕޯޝަން ކުޑަކޮށް އެކި ފަހަރު މައްޗަށް ބަހާލައިގެން ދިނުން
  • ޖޫސް ދިނުމުގެ ބަދަލުގައި ފެން ދިނުން. ކޮންމެ ދުވަހަކު ޖޫހުގެ ގޮތުގައި ދޭންވާނީ 124 އެމްއެލް އެވެ. ޖޫސް ދޭއިރުވެސް އެއީ %100 މޭވާއިން ތައްޔާރުކޮށްފައިވާ ޖޫހެއްކަން ޔަޤީންކުރާށެވެ. ގޭގައި ޖޫސް ތައްޔާރުކޮށްގެން ދޭށެވެ.
  • ކެޕެއިން ހުންނަ ބުއިންތަކާއި، ސައި ކޮފީ ނުދިނުން
  • ކޮންމެ ދުވަހަކުވެސް ސްނެކްސްދޭނެ ވަގުތު ކަނޑައަޅާފައި ބެހެއްޓުން
  • ދަރިފުޅު ވަކި ކަމެއް ކޮށްފިއްޔާ ދޭނެ އެއްޗެއްކަމަށް ސްނެކްސް ކަނޑަނޭޅުން
ރިއެކްޝަންސް
0
0
0
0
0
0
0