މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

21 ޖުލައި 2022 - 18:52

ޖުލައި މަހުގެ 28ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދުވާނެ

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން، މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

advertisement

ހދ. ވައިކަރަދޫ ބަނދަރުގެ ޑްރެެއިނޭޖް މައްސަލަ ހައްލުކުރަނީ

ހދ. ވައިކަރަދޫ ބަނދަރުގެ ޑްރެެއިނޭޖް މައްސަލަ ހައްލު ކުރުމުގެ ގޮތުން، މިހާރު ހުރި ހާބަރ ޕޭވްމަންޓް ނެގުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައިފި އެވެ. މިހާރު ކުރިއަށް ދަނީ، ޑްރެއިނޭޖް ސެޓްލްމަންޓް ޓޭންކް އިންސްޓޯލް ކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

ކަނޑުދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިވުމަށް ފުލުހުން އެދެފި

މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި އިތުރު 8 ކްލާސްރޫމް އަޅަނީ

ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގެ 8 ކުލާސްރޫމް އިމާރާތުގެ މަސައްކަތް އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 9,217,632.06ރ އަށެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސް ރޯޑްސްގައި ހުޅުވައިފި

އޮތެންޓިކް މޯލްޑިވްސްގެ ހަތަރުވަނަ ފިހާރަ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ހުޅުވައިފި އެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ފުރަތަމަ ހުޅުވި ރިސޯޓަކީ ކުޑަ ވިލިނގިލި ރިސޯޓެވެ. މީގެއިތުރުން މާލޭގައި އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވާފައި ހުރެ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0