މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
23 ޖުލައި 2022 - 18:00
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް “ޓޯލް ފްރީ” ނަންބަރެއް
ޚަބަރު: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް "ޓޯލް ފްރީ" ނަންބަރު، 1656 އިފްތިތާޙްކޮށްފި. pic.twitter.com/50lpiVr3wQ— Children's Ombudsperson's Office (@ChildsOmbudsMV) July 23, 2022
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް ތަޢާރަފުކޮށްފިއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް 2 އަހަރު ފުރުމާއި ގުޅުވައިގެން، އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރު ނުވަތަ ހިލޭ ގުޅޭނެ ނަންބަރެއްގެ ގޮތުގައި އިފްތިތާޙްކޮށްފައިވަނީ 1656 އެކެވެ.
މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
Weekly updates on #Maldives Tourism
21st July 2022https://t.co/sYuOFbezIU pic.twitter.com/v10YwPF9WP— Ministry of Tourism (@MoTmv) July 22, 2022
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޙައްޖުވެރިންގެ 2ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
1443 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ 2ވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ pic.twitter.com/m6Z0i58OGQ— Ministry of Islamic Affairs (@MVIaffairs) July 23, 2022
1443ވަނަ އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައިރު މިދިޔަ ހަފްތާގައި 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
ލ.ފޮނަދޫގެ ޖެންޑަރ މިނިސްޓްރީ މުވައްޒަފުންނަށް ފަޔަރ ޓްރެއިން ޕްރޮގްރާމެއް
ލ.ފޮނަދޫގައި މަސައްކަތްކުރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުން ކުރިއަށްގެންދިޔަ ފަޔަރ އެވެއަރނަސް ޕްރޮގްރާމްގެ ތެރެއިން.https://t.co/RMN16C7pWG pic.twitter.com/q0PWzR6hYr— Maldives National Defence Force (@MNDF_Official) July 21, 2022
ލ.ފޮނަދޫގައި މަސައްކަތްކުރާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫ ފަޔަރ ސްޓޭޝަނުން ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ޖުލައި 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ލ.ފޮނަދޫގައި ހުންނަ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަރުކަޒުގައި މަސައްކަތްކުރާ ޖުމްލަ 11 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
193 ސްކޫލަކަށް ސްޓްރެޗަރ ހޯދަނީ
ބީލަން ހުށައެޅުމުގެ ދަޢުވަތު: 193 ސަރުކާރު ސްކޫލަށް ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެhttps://t.co/uMWVq5RNFD— Ministry of Education (@MoEdumv) July 22, 2022
193 ސަރުކާރު ސްކޫލަށް ބޭނުންވާ ސްޓްރެޗަރ ހޯދައިދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މިއީ ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ “މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް”ގެ ދަށުން ކުރާ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.