މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

25 ޖުލައި 2022 - 18:25

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުން ކުރިއަށް

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ކަޓަރ ސަކްޝަން ޑްރެޖަރ – ޖައްރާފާ 4 ވަނީ 24 ޖުލައި 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް މޯބިލައިޒްކުރެވިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރައީސް މާދަމާ ހެނދުނު ޤައުމާ މުޚާޠަބު ކުރައްވާނެ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާޠަބުކުރައްވާނެއެވެ.

ސިފައިންގެ “މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަން” މާދަމާ ހަވީރު

ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ ޕޯސްޓްޕެއިޑް ޙިދުމަތް ހޯދައިގެން ބޭރު ދަތުރެއް

ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ރާއްޖެއިން ބޭރަށް ދަތުރެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ.

ކުޑަގިރި ހުޅުވުން ފަސްކުރަނީ

ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ހުޅުވުން ފަސްކޮށްފި އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0