މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
30 ޖުލައި 2022 - 16:22
ޢަޒުމަކަށް ހަދަންވީ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުން: ރައީސް
ހިޖްރައިގެ ޛިކުރާ އައުކުރާއިރު، އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހިޖްރީ އައު އަހަރު ފެށުމުގެ މުނާޞަބާގައި ދިވެހިރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ.
ހއ.ހޯރަފުށީގައި ޖުވެނައިލް ޖަސްޓިސްގެ ހާފްވޭހައުސްއެއް އަޅައިފި
މިނިސްޓަރ އިމްރާން އަބްދުﷲ ހއ.ހޯރަފުށީގައި އިމާރާތް ކުރާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ހާފްވޭހައުސްގެ ބިންގާ މިއަދު އަޅުއްވައި ދެއްވައިފި. pic.twitter.com/5qwB1wBKbk
— Department of Juvenile Justice (@mv_djj) July 29, 2022
މިނިސްޓަރ އިމްރާން އަބްދުﷲ ހއ.ހޯރަފުށީގައި އިމާރާތް ކުރާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ހާފްވޭހައުސްގެ ބިންގާ އަޅުއްވައި ދެއްވައިފި އެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Alert white for heavy rain and thunderstorms, strong winds of 19 – 24 mph with gusts of 45 mph and rough seas. pic.twitter.com/rp1QTpWprI— Maldives Meteorology (@MetMaldives) July 30, 2022
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ނެރެފި އެވެ.
ވެރިކަމަށް އަރައި މީހަކަށް އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެން: ވަހީދު
New year year. New beginnings. pic.twitter.com/XGZCDIm03S— Mohamed Waheed (@DrWaheedH) July 30, 2022
ކުރީގެ ރައީސް ވަހީދު ވެރިކަމަށް އައިރު، އެ މަނިކުފާނަށާއި އާއިލާ އަށް އަނިޔާވެރި ބަސްތައް ރައްދުކުރި އެންމެނަށް ވެސް މާފުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ 25 އެއަރލައިނެއް ރާއްޖޭގައި އޮޕަރޭޓްކުރޭ
#Maldives Tourism Bulletin – July 2022https://t.co/3j1gk6FuBQ pic.twitter.com/s9MBPuJn6J— Ministry of Tourism (@MoTmv) July 24, 2022
ބައިނަލްއަޤްވާމީ 25 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.