މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
31 ޖުލައި 2022 - 17:27
ހެއްކާބެހޭ ޤާނޫނާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އެމްޖޭއޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފި
ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރެވޭނެ ގޮތްތައް ކަނޑައަޅާފައި ވުމާއިއެކު، އެކަމާއި މެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޙިއްޞާކުރައްވައިފިއެވެ. މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ހިޔާ މެނޭޖްމަންޓް އޮފީހެއް ހުޅުވައިފި
ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް މިހާރު ވަނީ ހިޔާގެ 11 ވަނަ ޓަވަރުގައި މެނޭޖްމަންޓް އޮފީހެއް ހުޅުވިފައި. މި އޮފީސް މެދުވެރިކޮށް ފަސޭހަކަމާއެކު ހިޔާގެ ޕޭމަންޓް ދެއްކުމާއި ހިޔާ ސަރަހައްދުގައި ދިމާވަ ދަތިތަކުގެ ޝަކުވާ ހުށަހެޅޭނެ. #MageyHiya pic.twitter.com/fAQ5dULGTF
— HDC (@hdcmaldives) July 31, 2022
ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް މިހާރު ވަނީ ހިޔާގެ 11 ވަނަ ޓަވަރުގައި މެނޭޖްމަންޓް އޮފީހެއް ހުޅުވިފައެވެ. މި އޮފީސް މެދުވެރިކޮށް ފަސޭހަކަމާއެކު ހިޔާގެ ޕޭމަންޓް ދެއްކުމާއި ހިޔާ ސަރަހައްދުގައި ދިމާވަ ދަތިތަކުގެ ޝަކުވާ ހުށަހެޅޭނެ އެވެ.
ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ 42 ޕަސެންޓް ނިމިއްޖެ
R. Rasmaadhoo Shore Protection Project is well underway, with overall 42% project progress. Second shipment of rock boulders required for the project work have been delivered to the site.#MTCCProjects #RayyithungeKunfuni pic.twitter.com/uXK4mYxFSJ— MTCC Plc (@MTCCPlc) July 31, 2022
ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 42 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 11.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މަންކީޕްކްސްއަށް ޓެސްޓްކުރާ 250 ކިޓެއް ރާއްޖެއަށް ހަދިޔާކޮށްފި
Handover Ceremony of 250 “ Monkeypox virus generic real-time PCR test kits for Monkeypox. @WHOMaldives @HPA_MV
Maldives has been responding to suspected cases of Monkeypox and have capacity for case investigation, contact tracing, testing and risk communications. pic.twitter.com/dfhlOoeqMF— Ministry of Health (@MoHmv) July 31, 2022
މަންކީޕްކްސްއަށް ޓެސްޓްކުރާ 250 ކިޓެއް ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
ސަރުކާރުން އިޤްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން: އަމީރު
ސަރުކާރުން އިޤްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން. މިގޮތުން ކޮވިޑް-19 އާއެކު ދިމާވި އިޤްތިސާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވޭ— Ibrahim Ameer (@iameeru) July 31, 2022
ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއެްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެ އެވެ.