ދަރިން ހޯދަން ގަސްތުކުރާއިރު ފިރެހެން މީހާގެ ކެއުމަށްވެސް ބަދަލު ގެންނަންޖެހޭ
2 އޯގަސްޓް 2022 - 12:12
ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދަރިއަކު ހޯދަން ބޭނުންނަމަ ކެއުމާއި އަދި އެނޫންވެސް ކަންކަން ބަދަލުކުރަންޖެހޭނީ އަންހެން މީހާކަމަށެވެ. އަންހެން މީހާ ހަށިގަނޑަށް ފައިދާ ހުރި ކެއުން ކެއުމުށް ނިމުނީކަމަށެވެ.
ނަމަވެސް ކަންއޮތީ މުޅިއަކުން މިހެނެއް ނޫނެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ފިރެހެންމީހާގެ ކެއުން ބަހައްޓާ ގޮތުން ދަރިފުޅުގެ ސިއްހަތަށް ވަރަށް ބޮޑެތި އަސަރުތައް ކުރެއެވެ. މި ހޯދުން ބުނާ ގޮތުން ދަރިއަކު ހޯދަން ގަސްތުކުރާ ނަމަ، ކުއްޖާ ގަރުބަގަތުމުގެ ކުރިން، ބައްޕަ ވެސް ކާނާއަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ސަބަބަކީ އެކަމުގެ ސީދާ އަސަރު ދަރިފުޅަށް ކުރާތީ އެވެ.
މި ދިރާސާގައި ލަފާ ދީފައިވަނީ ދަރިން ހޯދަން މަސައްކަތްކުރާ ފިރިހެނުން ކޮންމެ ދުވަހެއްގެ ކެއުމުގައި ކަނޑުމަހާއި އެއްގަމު މަސް އަދި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުން ކުރުމަށެވެ. ދިރާސާގައި ބުނެފައި ވަނީ ކާބޯހައިޑްރޭޓް މަދު، ޕްރޮޓީން ގިނަ ކާނާ ކައިގެން ހޯދާ ދަރިން އުފަންވުމަށް ފަހު އެ ކުދިންގެ ސިއްހަތު މާ ރަނގަޅުކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހޯދުމުން އެނގިފައިވަނީ ދަރިއަކު ހޯދަން ގަސްތުކުރާއިރު ފިރެހެނުން އެއްގޮތަކަށްވެސް ހަކުރު ގިނައިން އެކުލެވޭ އެއްޗިއްސާއި ކޭކު އަދި ބިސްކޯދު ފަދަ ތަކެތި ކެއުން ރަނގަޅު ނޫންކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކޮށްގެއްވާނެ ކަމެއްނޫންކަމަށެވެ. މީގެއިތުރުން ރަނގަޅު ކާނާގެ އިތުރުން ކަސްރަތުކުތުމަކީ ވަރަށް މުހިންމު ކަމެކެވެ.