މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

8 އޯގަސްޓް 2022 - 17:41

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށައިފި

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 7 އޯގަސްޓް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކުރެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 8.27 މިލިއަން ރުފިޔާއެވެ.

advertisement

ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްއަށް ދަތުރުކުރާ ރާއްޖޭގެ ކެޑޭޓުންނާ ސްޓޭޓް މިނިސްޓަރ ބައްދަލުކުރައްވައިފި

އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިރާއްޖޭގެ ކެޑޭޓުންނާ ސްޓޭޓް މިނިސްޓަރ، ފާޠިމަތު ނަޞީރު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޓީޓީ ކުޅުންތެރިޔާ ރަފާ، އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ކުއާޓަރ ފައިނަލަށް

ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ރަފާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސް ކުއަރޓަރ ފައިނަލަށް ގޮސްފި އެވެ.

އެމެރިކާއިން ރާއްޖެއަށް 99000 އަށްވުރެ ގިނަ ކޯވިޑް ވެކްސިން ހަދިޔާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް 99000 ހާހަށްވުރެ ގިނަ ވެކްސިން ހަދިޔާކޮށްފިއެވެ.

ހަންޏާމީދޫ ފެނުގެނިޒާމުގެ މަސައްކަތް ނިންމަނީ

އދ.ހަންޏާމީދޫގައި ސަރުކާރުން ޤާއިމްކުރާ ރައްކާތެރި ފެނުގެ ނިޒާމްގެ މަސައްކަތް މިމަހުގެތެރޭ ނިންމާލެވެނޭކަމަށް މަސައްކަތުގެ ކޮންޓެކްޓަރ ބުނެފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0