ތަކެތީކެ އަގު އުފުލިގެން އަންނައިރު، ގްރޯސަރީ ޝޮޕިންގެ ބިލު ލުއި ކުރެވޭނެ ގޮތްތަކެއް

9 އޯގަސްޓް 2022 - 10:36

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އިންފްލޭޝަން އިތުރުވެ މިހާރު ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. ގޭތެރެއަށް ބޭނުންވާ ސާމާނު ގަނެލުމަށް ފިހާރައަކަށް ދިއުމުން މިކަން އެނގޭނެއެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު ތަކެތީގެ އަގުތައް މިހާރު ވަނީ ވަރަސް ބޮޑަށްވެސް މަތިވެފައެވެ. އާންމުކޮށް ކެއުމަށް ކޮންމެ ދުވަހެއްގައި ބޭނުންކުރާ ތަކެތީގެ އަގުތައްވެސް އަތްނުފޯރާ ފަށައް ވަނީ މަތިވެފަައެވެ. އޭގެތެރޭގައި ބިސް، ކިރު، މަސް ފަދަ ތަކެތި ހިމެނެއެވެ. ނަމަވެސް ޒަރޫރީ ތަކެއްޗަކީ ނުގަނެ ވާނެ ތަކެއްޗެއް ނޫނެވެ. އެހެންކަމުން ދެން އޮތް ގޮތަކީ ހަރަދުކުޑަކުރުމަށް ކަންކުރެވޭނެ ގޮތްތައް ބެލުމެވެ. މި އާޓިކަލްގައި މި ހިމަނާލަނީ ހަރަދުކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

advertisement

ޕްލާން ކުރުން

ޕްލޭން ކުރުމަކީ ބައެއް މީހުންނަށް ކުރަން އުނދަގޫ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް ގެއަށް ބޭނުންވާ ތަކެތި ގަންނަން ގްރޯސަރީ ޝޮޕިންއަށް ދާއިރު ކޮންމެހެން ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ހަދާލުމުން ބޭކާރު ތަކެތި ނުގަނެ ހަރަދު ކުޑަކުރެވޭނެއެވެ.

ގަންނަ އިރު ބެލުން

ނަސޭހަތްތެރިވާނީ މޭވާއާއި ތަރުކާރީ ގިނައިން ކެއުމަށެވެ. މިއީ ފަހަރުގައި އަގުބޮޑު ތަކެއްޗަށް ވެދާނެއެވެ. ނަމަވެސް މޭވާއާއި ތަރުކާރީ ކާނަމަ މީހާގެ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ރަނގަޅަށް ލިއްބަދޭނެއެވެ.

ފިނިކޮށްފައި ހުރި މޭވާއާއި ތަރުކާރީ ގަންނަނަމަ ހަރަދުކުޑަކުރެވޭނެއެެވެ. އަދި ހަށިގަނޑަށް ބޭނުންވާ މާއްދާތައްވެސް އެއިން ލިއްބަދޭނެއެވެ.

ސޭލްއަށް ބަލާ

އާންމު ގޮތެއްގައި ގްރޯސަރީ ފިހާރަތަކުގައި ސޭލް އަޅުވައެވެ. އެހެންކަމުން ސޭލް އަޅުވާ ދުވަސްކޮޅަކަށް ބަލާށެވެ. އަދި ބޭނުންވާ ތަކެތި ގަންނާށެވެ. އެއިރުން ފައިސާ ސަލާމަތްކުރެވޭނެއެވެ.

ޔުނިޓަކަށްވާ އަގު

ކޮންމެ ދުވަހަކު ސީރިއަލް ކަހަލަ އެއްޗެއް ބޭނުންކުރާނަމަ ކުޑަ ޕެކެޓެއް ގަތުމަށްވުރެ ބޮޑު ޕެކެޓެއް ގަންނަނަމަ އަގު ބޮޑުވީނަމަވެސް ގިނަ ދުވަހު ބޭނުންކުރެވޭނެއެވެ.

މުއްދަތު ހަމަވާ ތާރީހު ބެލުން

އެއްޗެއް ގަންނައިރު ރަނގަޅަށް އެ އެއްޗެއްގެ މުއްދަތު ހަމަވާ ތާރީހު ބަލާށެވެ. އަދި ގެއަށް ގެނެސްފައިވެސް މުއްދަތު ހަމަވާ ތަކެތި ފުރަތަމަ ބޭނުންކުރާށެވެ. އެއިރުން ހުސްނުވަނީސް މުއްދަތު ހަމަވެގެން އުކާލަންޖެހޭ ތަކެތި މަދުކުރެވޭނެއެވެ.

ވިޔަފާރިކުރާ ފިހާރަ ބަދަލުކޮށްލާ

ބައެއް މީހުންނަކީ ފިހާރައަށް ވަފާތެރި ބައެކެވެ. އާންމުކޮށް ވިޔަފާރިކުރާ ފިހާރައަށް ނޫނީ ގޮސްގެން ނުވާނެއެވެ. ނަމަވެސް ވިޔަފާރިކުރާ ފިހާރަ ބަދަލުކޮށްލައިގެންވެސް ބިލް ކުޑަކޮށްލެވިދާނެއެވެ. އެއީ 2 ފިހާރައެއްގައި އެކައްޗެއްގެ އަގު ތަފާތުކޮށް ހުންނާތީއެވެ.

ރިއެކްޝަންސް
0
0
2
0
0
0
0