ވިހެއުމަށްފަހު ބައެއް އަންހެނުން ޑިޕްރެޝަނަށް ދިޔުމަކީ ހީނުކުރާ ވަރަށްވުރެ އާއްމުކަމެއް

9 އޯގަސްޓް 2022 - 10:47

ޕޯސްޓް ޕާޓަމް ޑިޕްރެޝަނަކީ ވިހެއުމަށް ފަހު ބައެއް އަންހެނުން ތަޖުރިބާކުރާ ގޮތް ނޭނގޭ ނަފްސާނީ ހާލަތެކެވެ.

ވިހައިގެން އޮންނަ އިރު ކުއްލި ކުއްލިއަށް މާ ބޮޑަށް ރުޅި އިސްކުރުމުން ފެށިގެން، އެއްވެސް ކަމަކާ އަޅައިލުމެއް ފަރުވާލެއް ނެތި އޮންނަން ބޭނުންވުމާ ހަމަ އަށް ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ އަލާމާތްތައް ތަފާތުވެ އެވެ. އެންމެ ބޮޑުވަރު ވާ ކޭސް ތަކުގައި އަމިއްލަ ތުއްތު ދަރިފުޅަށް ބުއް ދޭން ބޭނުން ނުވުމާއި ދަރިފުޅަށާއި އަމިއްލަ ނަފްސަށް އަނިޔާކުރަން ވިސްނާ ދަރަޖަ އަށް ވެސް މީހާގެ ސިކުނޑި ދެއެވެ.

advertisement

މިއީ ކީއްވެގެން އަންނަ ބަދަލުތަކެއް ކަމެއް ނޭނގެ އެވެ. ފަހަރުގައި ވިހެއުމަށް ފަހު އެ އަންނަ ހޯމޯން ބަދަލުތަކުގެ ސަބަބުން ސިކުނޑީގެ ބައެއް ކަންކަން އޮޅުންބޮޅުންވަނީ ކަމަށް ވެސް ވެދާނެ އެވެ.

ވިހެއުމަށްފަހުގައި މީހާއަށް ދިމާވެދާނެ ބައެއް ކަންކަން:

  • ހަމަނިދި ނުލިބުން
  • ހަށިގަނޑުގެ ހޯމޯންއަށް ބަދަލުތައް އައުން
  • މީހުންނާއި އެކަހެރިވެ، މާޔޫސްވެފައި ހުރުން4

ޕޯސްޓް ޕާޓަމް ޑިޕްރެޝަންގެ އަލާމާތްތައް:

  • ޑިޕްރެސްވުން
  • ކުރިން ޝައުގުވެރިވި ކަންތައްތަކަށް ޝައުގުވެރިކަން ގެއްލުން
  • އަމިއްލަ ނަފްސަށް އިތުބާރު ނެތުން
  • ގިލްޓް ފީލްވުން
  • ކަންކަމަށް ސަމާލުކަން ނުދެވުން
  • ބަރުދަނަށް ބަދަލުއައުން
  • އަމިއްލައަށް މަރުވާން ހިތައް އެރުން

2021 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޕޯސްޓް ޕާޓަމް ޑިޕްރެޝަން ހުރިކަން އާންމުކޮށް ދެނެގަނެވެނީ ކުއްޖާ އުފަންވާތާ 2 ނުވަތަ 6 މަސްދުވަހުގެ ތެރޭގައި ކަމަށެވެ. ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަށް ވިހެއުމަށްފަހުގައި އަންހެން މީހާ ހުށައެޅޭނީ ކިހާ ހިސާބަކުންތޯ ބައެއް މީހުން ހިތައް އަރާފާނެއެވެ. ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ޑިޕްރެޝަންއަށް އަންހެނާ ހުށައެޅެއެވެ.

ކިހާ ދުވަހަކަށް ދެމިގެން ހިނގައިދާނެ؟

ޕޯސްޓް ޕާޓަމް ޑިޕްރެޝަން ދެމިގެންދާނީ ކަނޑައެޅިގެން ވަކި މުއްދަތަކަށޭ ބުނާކަށް ނޭންގެއެވެ. ބައެއް ފަހަރު 12 މަސްދުވަހަށް އަނެއްބައި ފަހަރު 3 ނުވަތަ 6 މަސްދުވަހަށްވެސް ދެމިގެން ހިނގައިދާނެއެވެ. ބައެއް މީހުންނަށް 1 އަހަރު ދުވަހަށް އަދި އަނެއްބައި މީހުންނަށް 3 އަހަރަށްވެސް ޕޯސްޓް ޕާޓަމް ޑިޕްރެޝަން ދެމިގެންދާކަމަށް ހޯދުންތަކުން ދައްކައެވެ.

ރިއެކްޝަންސް
1
0
0
35
2
1
1