މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

9 އޯގަސްޓް 2022 - 18:10

ވ. ފުލިދޫ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށް

ވ. ފުލިދޫ އުތުރުކޮޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 22،312 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 84 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 8.07 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ރާއްޖޭގެ ކަރާޓީ ޓީމާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

އޭޝިއަން ކަރާޓީ ޗެމްޕިއަންޝިޕް 2022 ގައި ބައިވެރިވެ މޮޅުވި ރާއްޖޭގެ ކަރާޓީ ޓީމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ބައްދަލުކުރައްވައިފި އެވެ. މި މުބާރާތުން ރާއްޖޭގެ ޓީމް 17 ރަން މެޑަލް ، 7 ރިހި މެޑަލް، އަދި 18 ބްރޮންޒް މެޑަލްވަނީ ހޯދައިފަ އެވެ.

ސްކޮލަރޝިޕް ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޕީއެލް ސޮއެކޮށްފި

ސްކޮލަރޝިޕް ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޕީއެލް އެމްއޯޔޫ އެއްގައި ސޮއެކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން 7 ދަރިވަރުންނަށް ސްކޮލަޝިޕް ފުރުސަތު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއްވައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ދީބާނާޒާއި ސަލީމު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަންކުރެއްވީ ކ.މާލެ މ. ގުލްޝަން އަލްއުސްތާޒާ ދީބާނާޒް ފަހުމީ އާއި ފ. ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޒު މުހައްމަދު ސަލީމް އެވެ.

އެޗްޑީސީން “ދޮށީ އުމުރާއި ސިއްޙަތު” ގެ ނަމުގައި މަންސައެއް ބާއްވަނީ

އިސްރައްވެހިންނަށް ދުޅަހެޔޮ ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން “ދޮށީ އުމުރާއި ސިއްޙަތު” ގެ ނަމުގައި މަންސައެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިއީ، އެޗްޑީސީ އާއި ހުޅުމާލެ ހޮސްޕިޓަލް އާއި ކޮމިއުނިޓީ ނާރސް ވޮލުންޓިއާރސް އަދި ޝާލޫ ދި ޓްރެއިނަރ ގުޅިގެން ބޭއްވޭ ހަރަކާތެކެވެ. މި ޕެނަލް ޑިސްކަޝަންގައި ހަކުރުބަލި އާއި ލޭމައްޗައް ދިޔުމާއި ކޮލެސްޓްރޯލް އަދި ދޮށީ އުމުރުގެ ބޭފުޅުންގެ ކެއުންބުއިމުގެ އާދަކާދައާއި ކަސްރަތުގެ މުހިއްމުކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0