މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

11 އޯގަސްޓް 2022 - 15:54

އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީ މައުލޫމާތުދެއްވައިފި އެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 79 އިންސައްތަ ވަނީ ނިމިފައި ކަމަށް ވެސް ވިދާޅުވި އެވެ

advertisement

މި މަޝްރޫޢުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ފޮރިން ސާވިސް އެޑްވައިސަރީ ބޯޑު އެކުލަވާލައިފި

ފޮރިންގ މިނިސްޓަރ ޝާހިދު ފޮރިން ސާވިސް އެޑްވައިސަރީ ބޯޑު އެކުލަވާލައިފި އެވެ.

ވައިބާ ކޮމިއުނިޓީތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަނީ

 މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މިކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވެއެވެ.

ތިލަފުށީގައި ޓްރެފިކް ސަޕްލައި ސައިޓްގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެއްޖެ

ކ.ތިލަފުށީގައި ޓްރެފިކް ސަޕްލައި ސައިޓްގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ތިލަފުށީ ފަޔަރސްޓޭޝަނުން ނިއްވާލައިފި އެވެ. މި ހާދިސާގެ ރިޕޯޓް އެފްއާރުއެސްއަށް ލިބިފައި ވަނީ މިއަދު 14:48 ހާއިރު ކަމަށް އެމްއެންޑީއެފުން ރިޕޯޓު ކުރި އެވެ.

ބީއެމްއެލްގެ އެހީ އާއެކު ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ‘ބީއެމްއެލް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.

މި ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް ގެ ފަރާތުން ވަނީ ށ. މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި މިވަނީ 25 ބައްތި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0