އޮގަސްޓް މަހާ ޖެހުނުއިރުވެސް ވިލިނގިލީ ބީޗްގައި ފައިބަރު މަސައްކަތް ހުއްޓޭގޮތެއް ނުވި
13 އޯގަސްޓް 2022 - 13:17
މާލޭގައި ބްރިޖް އެޅުމުގެ މަސައްކަތް ކުރާތީ ވިލިނގިލީ މޫދަށް އެރޭ ސަރަހައްދު ދޯނި އެހެލާ ދޯނިފަހަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދިއުމާއި ގުޅިގެން ޖަމާއަތްތަކާއި އާންމުންގެ ކަންބޮޑުވުން މީގެ ދެތިން މަސް ދުވަސް ކުރިން ވަނީ ބޮޑުވެފައެވެ. މިކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށްވެސް އެއިރު ވަނީ ގެނެސްފައެވެ.
ސިޓީ ކައުންސިލުން ޖޫން މަހު ބުނެފައިވަނީ އެ ސަރަހައްދުގައި ފައިބަރ މަސައްކަތްކުރަމުންދިޔަ ފަރާތްތަކަށް ޖުލައި މަސް ނިމުމުގެ ކުރިން އެ ސަރަހައްދު ހުސްކުރަން އަންގާފައިވާކަމަށެވެ. ނަމަވެސް ޖުލައި މަސް ނިމި އޮގަސްޓް މަސް ނިމެން ގާތްވެފައިވާއިރުވެސް މި ސަރަހައްދު އަދިވެސް ވަނީ ހުސްނުކޮށެވެ.
We are hoping the boats will be removed from the area by end of July. In the mean time @MaleCitymv what about these boats sitting here collecting water? https://t.co/YKKyxTGQr0— Save the Beach (@SavetheBeachVM) June 8, 2022
މިކަމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާއަކީ “ސޭވް ދަ ބީޗް” އެވެ. ސޭވް ދަ ބީޗްއިން މި މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ފިތުރު އީދުން ފެށިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދިވެސް މިކަމަށް ހައްލެއް ނުލިބޭތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރުވެސް ވިލިނގިލީ ބީޗް ސަރަހައްދުގައި 25 ވަރަކަށް ފަރާތުން ފައިބަރ މަސައްކަތް ކުރަމުންދާކަމަށް ސޭވް ދަ ބީޗްއިން ބުނެއެވެ.
ސޭވް ދަ ބީޗްއިން ބުނީ މި އަޑުއުފުލުމާއި ގުޅިގެން ފައިބަރ މަސައްކަތްތައް ކުރުމަށް ގުޅީފަޅު އަދި ތިލަފުށިން ވަގުތީ ބިމެއް ހަމަޖައްސައިދެއްވާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވާކަމަށެވެ. އަދި ޖުލައި މަހު އެތަން ހުސްކުރަން އެއިރު ބޯޓުތަކުގެ ވެރިންނަށް އެންގިއެވެ. ނަމަވެސް އަދިވެސް އެ ސަރަހައްދުގައި އެ މަސައްކަތް ކުރަނީ ކީތްވެތޯ ހޯދުމަށް ކުރި މަސައްކަތުން ސިޓީ ކައުންސިލްގެ ބަހެއް މިކަމުގައި ވަނީ ލިބޭގޮތް ނުވެފައެވެ.
Thank you @mvplusmedia for covering these very important personal stories, which shows exactly why it’s important to protect the East beach of Villimale. @MaleCitymv please listen to the people who use this beach. https://t.co/ltGbaijbFN— Save the Beach (@SavetheBeachVM) May 21, 2022
ވިލިނގިލީ ބީޗްގައި ފައިބަރ މަސައްކަތް ކުރާތީ ވިލިނގިލީގައި ދިރިއުޅޭ އާންމުންނަށާއި އަދި މާލެއިން ވިލިނގިއްޔަށް ޕިކްނިކް ހެދުމަށާއި މޫދަށް އެރުމަށްދާ މީހުންނަށާއި ސްކޫލް ކުދިންނަށްވެސް ދަނީ ގިނަ އުނދަގޫތަކަކާއި ކުރިމަތިވަމުންނެވެ.
ސޭވް ދަ ބީޗްއިން މިކަން ކުރަނީ އެންމެންގެ ސިއްޙީ ރައްކަލަކަށް!
މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ‘ލޭންޑް ޔޫޒް ޕްލޭން’ ރެގިޔުލޭޝަންގައިވާ ގޮތުގެ މަތިން ފައިބަރްގްލާސް މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ބަންދުކުރެވިފާ ހުރި، ރަނގަޅަށް ވެންޓިލޭޓް ކުރެވިފައިވާ އަދި މީހުންދިރިއުޅޭ ނުވަތަ އެއްވެ އުޅޭ ސަރަހައްދުތަކާއި މަދުވެގެން 350 ފޫޓު ދުރުގައިވާ ތަންތަނުގައެވެ. ނަމަވެސް އެއާ ޚިލާފަށް މިބޯޓްޔާޑުގައި މަސައްކަތްކޮށްފައިވަނީ ބޭރުތެރެއަށް ފައިބަރު ދައުރުކުރާނެ ފަދަ ހުޅުވިފާ ހުންނަ ގޮތަކަށެވެ. އަދި ރަނގަޅުގޮތުގައި ކުނި މެނޭޖުކުރުމާއި ނުރައްކާތެރި މެޓީރިއަލްތައް ނައްތާލުމުގެ އެއްވެސް އުސޫލެއް ނެތިއެވެ.
“From the youngest to the eldest, this is the only area that we can use as a proper beach. Whether you are from Malé or a different island, this is the only beach that we have left here.”
Full story: https://t.co/7BxfklLnT7#SaveVillingiliBeach pic.twitter.com/4vhmp1W3K4— MV+ (@mvplusmedia) May 30, 2022
ފައިބަރު މަސައްކަތުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ނޭވާލުމުގެ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ސީރިޔަސް އަދި ފުރާނައަށް ނުރައްކާވާފަދަ ހާލަތްތައް ކުރިމަތިވެދާނެއެވެ. ބޯޓުޔާޑުތަކުގައި ބޭނުންކުރެވޭ ރެޒިންގެ ވިހަގަދަ އާވިތައް ހަށިގަނޑަށް އެތެރެވެއްޖެނަމަ ނޭވާލުމުގެ ނިޒާމަށް އަދި ހަޖަމްކުރުމުގެ ނިޒާމަށް އަސަރުކޮށް، މޭނުބައިކޮށް، ހޮޑުލަވާ، ވަރުބަލިވުންފަދަ ކަންކަން ދިމާވެ، އަޑުއިވުމާއި ނާރުތަކުގެ ބަލިތަށް ހުންނަ މީހުންގެ ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެއެވެ.
Listen to the future mayor! @MMuizzu @MaleCitymv #SavetheBeach🏝 pic.twitter.com/adtsqBPw3O— Maashie (@Maashie) May 4, 2022
ނޭވާލުމުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރާ ކޮވިޑްގެ ބަލިމަޑުކަމުން މުޅި ދުނިޔެ ކިރިޔާ އަރައިގަނެވިގެން އުޅޭ ދަނޑިވަޅެއްގައި އާންމު ރައްޔިތުން މިފަދަ ގެއްލުންތަކަށް ހުށަހެޅޭގޮތަށް ބޯޓްޔާޑު އަޅަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެ ޖަމިއްޔާއިން މީގެކުރން ވަނީ ބުނެފައެވެ.