ކެންސަރ ސޮސައިޓީން ދ. އަތޮޅުގެ 2 ރަށެއްގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ
16 އޯގަސްޓް 2022 - 9:22
ދ. އަތޮޅުގެ 2 ރަށެއްގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ. އެއީ ދ. މީދޫ އަދި ކުޑަހުވަދޫއެވެ. މި ޕްރޮގްރާމްގެ ދަށުން އުރަމަތީގެ ކެންސަރު، އަނގައިގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން ކުރިއަށްދާނެއެވެ.
ދ. މީދޫގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކަށް 6760644 ނަންބަރަށް ގުޅައި ނަންނޯޓު ކުރެވޭނެއެވެ.
People from Dh. Bandidhoo can register through the Bandidhoo HC for screening in Meedhoo on Friday, 19th August.
Screening in Kudahuvadhoo on Saturday (20th August) will be open for people from all island. Contact Dh Atoll Hospital to register.— Cancer Society of Maldives (@CancerSocietyMV) August 15, 2022
ދ. ކުޑަހުވަދޫގައި މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަންނޯޓު ކުރެވޭނީ 6760080 ނަންބަރުންނެވެ.
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނީ ދ. ބަނޑިދޫން މި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކަށް ބަނޑިދޫ ސިއްހީ މަރުކަޒުން ނަންނޯޓު ކުރެވޭނެކަމަށެވެ. ނަމަވެސް ސްކްރީން ކުރުން ކުރިއަށްދާނީ ދ. މީދޫގައެވެ.
Reduce your risk of #lungcancer by quitting smoking and by staying away from secondhand smoke.
Seek medical care if you have any suspicious symptoms. pic.twitter.com/6vpHPaZEp2— Cancer Society of Maldives (@CancerSocietyMV) August 1, 2022
ދ. ކުޑަހުވަދޫގައި ކުރިއަށްދާ ސްކްރީނިންގ އަށް އަތޮޅުގެ ހުރިހައި ރަށަކަށް ވަނީ ހުޅުވާލާފައެވެ. ދ. އަތޮޅު ހޮސްޕިޓަލްއަށް ގުޅާއިގެން ނަންނޯޓުކުރެވޭނެކަމަށް ކެންސަރ ސޮސައިޓީން މައުލޫމާތުދެއެވެ.