ސަރުކާރުގެ ސިޔާސަތު — ރާއްޖެތެރޭ މީހުން ރަށަށްދޭ ނުވަތަ އުމުރަށް ކުލި ދައްކާ

20 އޯގަސްޓް 2022 - 16:04

”ދުވަހަކުވެސް ހިޔެއް ނުކުރަން އެމްޑީޕީ ސަރުކާރަކުން މިފަދަ އިހާނެތިގޮތަކަށް ރާއްޖެތެރޭގެ ރައްޔިތުނަށް ކަންކޮށްފާނެކަމަކަށް“ ފެށުނީއްސުރެ އެމްޑީޕީގެ ހަރަކާތްތެރިއެއް ޝޯޝަލް މީޑިއާގައި ޝުއޫރު ބަންޑުންކޮށްލިއެވެ.

ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން އެއްވެސް ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ އަސާސީ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެއެވެ. މާލެ ސަރަހައްދުގެ ރައްޔިތުންނަކީ ކޮބައިކަން ޤާނޫނު އަސާސީ ސާފުކޮށް ބަޔާކޮށްދީފައި އޮތަސް ސަރުކާރުން ވަނީ ޤާނޫނު އަސާސީއަށް ގޮންްޖަހައި އަސްލު މާލޭ މީހުން މިފަހަރު ސަރުކާރުން ކަނޑައަޅާނެކަމަށް ޢިއުލާން ކުރައްވާފައެވެ.

advertisement

”ސަރުކާރަށް ފެންނަ މާލޭ ސަރަހައްދުގެ އަސްލު ރަށްވެހިން މިފަހަރު އެނގިގެންދާނެ ހުޅުމާލެއިން ހިލޭ ބަހާލާ 1000 ގެވަޅުން“ އެހެން މީހަކު ޓްވިޓާގައި ލިޔެފައި އޮތެވެ. އަދި މިފަހަރު ހުޅުމާލެއިން ބިން ހިލޭ ލިބޭނީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ، އެހެން ޤައުމުތަކުގެ ރައްޔިތުކަން އޮންނަ މާލޭގެ ބޭފުޅުންނަށް ކަމަށް އެހެން މީހަކު ޓްވީޓް ކޮށްފައި އޮތެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މާލޭގެ ނިކަމެތިންގެ ނަޖާއިޒް ފައިދާ ނަގައިގެން ސަރުކާރުން އުޅެނީ މަދުބަޔަކަށް ހިލޭ ބިލިއަން ރުފިޔާގެ އަގުހުރި މުދާތަކެއް ބަހާލުމަށެވެ.

މާލެއަށް އުފަން، އުމުރު ދުވަހު މާލޭގައި، އެކަމަކު މާލެ ރައްވެހިންނަކަށް ނުވޭ

ސަރުކާރުންވަނީ ރާއްޖެތެރޭގެ މީހުންގެ ތެރެއިން މާލޭ ރަށްވެހިންނަށް ވެފައިވާ ފަރާތްތައް މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށާއި އަދި ކުރީގެ ރަށުގެ ރަށްވެހިކަން ދޫކޮށް މާލޭ ދަފްތަރުގައި ޖެހުނު ފަރާތްތަކަށް ގޯތި ދިނުމުގައި ބާކީ ކޮށްލާނެކަމަށް ރައްޔިތުންގެ މަޖިލީހުގައި ހާމަކޮށްފައެވެ.

މިކަމާ ދެކޮޅަށް އަޑު އުފުލާ ރައްޔިތުން ވަނީ މިއީ ދެކުނު އެފްރިކާ އަދި އިޒްރޭލްގައި ރައްޔިތުން ތަފާތުކުރުމުގައި ގެންގުޅުނު ފަދަ އެޕަރތައިޑް ސިޔާސަތެއްކަމުގައި އަޑު އުފުލަމުންނެވެ.

ދެހާސް އެގާރަވަނަ އަހަރު މާލޭގެ 250 މީހަކަށް 3 ބިލިއަނަށްވުރެ އަގުހުރި ބިންވަނީ ހިލޭ ދެވިފައެވެ. މިއީމާލޭގައި އޮންނަބިންކޮޅު ދައުލަތަށް ލިބޭގޮތަށް ހިންގި މަޝްރޫޢުއެއް ނަމަވެސް، ދައުލަތަށް މިބިންތަށް ލިބުނުކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.

މިހާރު ރާއްޖޭގައި އޮތް އެންމެ އަގުބޮޑު ބިން ކަމުގައިވާ ހުޅުމާލެއިން 1،000 ބިން ހިލޭ މަދު ބަޔަކަށް ސަރުކާރުން ދެނީ | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

ވޭތުވެދިޔަ ވިހިއަހަރު ދައުލަތުން ހިންގި އަސާސީ ގެދޮރު މަޝްރޫއުތަކުން އަބާދީގެ ނިސްބަތުން އެންމެ ގިނަ ބިމާއި ގެދޮރު ލިބުނީ މާލޭގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. އަދި އެންމެ އަގުހުރި ބިމާއި ގެދޮރުވެސް ލިބުނީ މާލެގެ ރަށްވެހިކަން އޮންނަ ރައްޔިތުންނަށެވެ. ވުމާއެކު މާލޭގެ އެންމެނިކަމެތިންނަށް މިމަޝްރޫޢުތަކުން މިހާރު ހުންނަންވާނީ އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ.

ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟

ދައުލަތަށް ލިބޭ ޓެކްސް ފައިސާ މާލެއަށް އޮއްސުމަށްފަހު އެ ތަރައްގީގެ ފޮނިމީރުކަން ލިބެނީ މަދު ބަޔަކަށް | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

”ރާއްޖެތެރޭގެ ރަށްރަށުން މާލޭ ރައްޔިތުންނަށް ބިމެއް ނުލިބޭ؟ އިންސާފު ކޮބާ؟“ އެހެން މީހަކު ކޮށްފައިވާ ޓްވީޓަކަށް ލިބުނު ޖަވާބެކެވެ. ނަމަވެސް ހަޤީޤަތަކީ ރާއްޖެތެރެއިން އެންމެ ފަހުން ދޫކުރެވެނު ގެވަޅުތައް ލިބުނު ފަރާތްތަކުގެ ނިސްބަތުން ބަލާއިރު މާލޭގެ މީހުންގެ އަދަދެއް މަދެއް ނޫނެވެ.

އަދި ދިވެހިރާއްޖޭގެ ރަށެއްގެ ރައްވެއްސަކަށް ވުމުގެ ޤާނޫނުގެ ދަށުން މާލެގެ ރައްޔިތަކުވެސް އެހެން ރަށެއްދިރިއުޅޭތާ 5 އަހަރުވުމުން އެރަށެއްގެ ރަޖިސްޓްރީއަށް ބަދަލުވެ، އެރަށަކުން ދޫކުރާ ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާނެކަމެވެ. ނަމަވެސް މާލެ ސަރަހައްދުގައި ހުރިހާ ވަސީލަތަކާއި، ތަޢުލީމާއި އަދި ވަޒީފާ ޖަމާކޮށްފައި އޮތުމުގެ ސަބަބުން، މާލެ ދޫކޮށް އެެހެންރަށްރަށަށް ދިރިއުޅެންދަނީ މަދު މީހެކެވެ.

ގިނަ ބަޔަކު ކޮންމެ އަހަރުކުވެސް އުމުރު ދުވަހަށް ކުލި ދައްކަން އަންނަން މަޖުބޫރުވަނީ މާލެ ސަރައްހައްދަށެވެ.

ރިއެކްޝަންސް
0
2
1
26
0
0
15