މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ މޫޑަށް އަންނަ ބަދަލުތަކުގެ ވާހަކަ

25 އޯގަސްޓް 2022 - 12:22

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާގެ މޫޑަށް އަސަރުކުރާކަމަށް ދިރާސާއިން ދައްކައެވެ. 2011 ވަނަ އަހަރު ވަނީ މިކަމާއި ގުޅޭގޮތުން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި 497 މީހުން ވަނީ ބައިވެރިކޮށްފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާގެ މޫޑު ތަފާތު 4 ގޮތަކަށް ބަދަލުވާކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. އޭގެތެރޭގައި ހިމެނެނީ:

  • ހޫނުމޫސުން ދެކެ ލޯބިވާމީހުން: މިމީހުންނަށް ހޫނު މޫސުމުގައި މޫޑަށް އުފާވެރިކަން އާދެއެވެ.
  • ހޫނުމޫސުން ދެކެ ގަޔާނުވާ މީހުން: ހޫނުމޫސުމުގައި މިމީހުންގެ މޫޑު އެހާ ރަނގަޅެއް ނޫނެވެ.
  • ވާރޭވެހުމުން ގަޔާނުވާ މީހުން: ވާރޭ ވެހޭ މޫސުމުގައި މިމީހުން އެކަމާ އެހާ ގަޔާއެއް ނުވެއެވެ.
  • އެއްވެސް ބަދަލެއް ނާންނަ މީހުން: މިމީހުންނަށް ކޮންމެ މޫސުމެއް އަޔަސް މޫޑަށް މާބޮޑު ބަދަލެއް ނާދެއެވެ.

ހޯދުންތައް ދައްކާގޮތުގައު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރެއެވެ.

advertisement

ބުންވަރު

އާންމުކޮށް ވާރޭވެހޭ ފިނި މޫސުމުގައި މީހާ ކަންކަން ކުރުމަށް އެހާ ރަނގަޅު މޫޑެއް ނާދެއެވެ. މީގެ ބަދަލުގައި ނެގިމަޑުވެއެވެ. ނަމަވެސް ހޫނު މޫސުމުގައި ކަންކަން ކުރުމަށް މީހާއަށް ބުންވަރު އައިސް މޫޑަށް ބަދަލު އާދެއެވެ. މިހެން މިކަން ދިމާވަނީ ހޫނަކީ މީހާ ހޭލައްވާލާ އެއްޗަކަށް ވާތީއެވެ. އަދި ފިންޏަކީ މީހާއަށް ވަރުބަލިކަން ގެނެސް ރެސްޓްކުރަން ހިތްވަރުލިބޭ ކަމަކަށްވާތީއެވެ.

ހާސްކަން

ހޯދުންތަކުން ދައްކާގޮތުގައި މީހާއަށް ސްޓްރެސް ނުވަތަ ހާސްކަން ވެރިވުމާއިވެސް މޫސުމަށް އަންނަ ބަދަލުތައް ވަނީ ގުޅިފައެވެ. އެގޮތުން ހޫނު މޫސުމުގައި ހާސްވެ، އެންޒައިޓީއާއި ކުރިމަތިލާންޖެހޭ މިންވަރު އިތުރުވެއެވެ.

ވިސްނުން

ހޫނު މޫސުމުގައި މީހާގެ ސިކުނޑީގެ މަސައްކަތްކުރުން ރަނގަޅުކަމަށް ދައްކައެވެ. އެގޮތުން މި މޫސުމުގައި މީހާގެ ވިސްނުން ތޫނުވެ، އައު ހިޔާލުތައް އަންނަކަމަށް ހޯދުންތަކުން ދައްކައެވެ.

ރިއެކްޝަންސް
1
0
0
0
0
0
0