މުޖްތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފެމިލީ ލީގަލް ކްލިނިކް 8 އަހަރު
28 އޯގަސްޓް 2022 - 16:43
މުޖްތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފެމިލީ ލީގަލް ކްލިނިކް 8 އަހަރު ހޭދަކޮށްފައިވާތީ އެކަން ފާހަގަކޮށްފިއެވެ. ފެމިލީ ލީގަލް ކްލިނިކުން ދަނީ ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފެމިލީ ލީގަލް ކްލިނިކަށް 8 އަހަރު ފުރުމާއި ގުޅިގެން ފާއިތުވެދިޔަ 8 އަހަރު ދުވަހުގައި އެ ކްލިނިކުން ފޯރުކޮށްދީފައިވާ ޙިދުމަތްތަކުގެ ތަފާސްހިސާބު ވަނީ އާންމުކޮށްފައެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރުން 2022 ވަނަ އަހަރަށް އެ ކްލިނިކުން 1451 ކޮންސަލްޓޭޝަން ވަނީ ދީފައެވެ. މީގެތެރެއިން 860 ކޮންސަލްޓޭޝަންއަކީ ފޯނުގެ ޒަރިއްޔާއިން ދީފައިވާ ކޮންސަލްޓޭޝަންއެވެ. 405 ކޮންސަލްޓޭޝަންއަކީ އެމީހާއާއި ދިމާވެ ދީފައިވާ ކޮންސަލްޓޭޝަންތަކެވެ. އަދި އޮންލައިންކޮށް 186 ކޮންސަލްޓޭޝަން ވަނީ ދީފައެވެ.
We mark our 8th anniversary today since we held our very first pro bono legal consultation! To celebrate, we are sharing statistics of our outreach over the past 8 years. pic.twitter.com/qmeoNhKYHS— Family Legal Clinic (@FLCmv) August 27, 2022
8 އަހަރުގެ ތެރޭގައި މުޅި މުޖްލަ 1062 މީހުން ވަނީ އެ ކްލިނިކުން ޙިދުމަތް ހޯދާފައެވެ. މީގެތެރޭގައި ހިމެނެނީ 184 ފިރެހެނުންނާއި، 879 އަންހެނުންނެވެ.
Here are some statistics – did you know any of these facts? Comment below with your thoughts!@bankofmaldives #EmpowerForChange pic.twitter.com/VKl95iIwXC— Family Legal Clinic (@FLCmv) June 22, 2022
އެ ކްލިނިކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 85 މައްސަލައެއް ވަނީ ކޯޓަށް ހުށައަޅާފައެވެ. މީގެތެރޭގައި ހިމެނެނީ:
- ވަރިއާއި ގުޅުންހުރި 194 މައްސަލަ
- ކަސްޓަޑީއާއި ގުޅުންހުރި 180 މައްސަލަ
- ވާހަކަދެއްކުމުގެ 68 މައްސަލަ
- ދަރިންނާއި ގުޅުންހުރި 161 މައްސަލަ
- ގެވެށި އަނިޔާގެ 219 މައްސަލަ
- އިނދެގެން އުޅޭ ބައިވެރިޔާގެ 3 މައްސަލަ
- ކައިވެނި ރަޖިސްޓްރީކުރުމުގެ 4 މައްސަލަ
- ކައިވެންޏާއި ގުޅުންހުރި 23 މައްސަލަ
- ސެކްޝުއަލް ހެރޭސްމަންޓް 3 މައްސަލަ
- އެހެނިހެން އާއިލާއާއި ގުޅުންހުރި 143 މައްސަލަ
ފެމިލީ ލީގަލް ކްލިނިކަށް 8 އަހަރު ފުރުމާއި ގުޅިގެން އެކިއެކި ގޮތްގޮތުން އެ ކްލިނިކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.