މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

29 އޯގަސްޓް 2022 - 16:00

އިންޑޮނޭޝިއާގެ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

advertisement

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

އދ. މަންދޫ ކައުންސިލްގެ އެދުމުގެ މަތިން މަންދޫ ކުރީގެ ޖެޓީ ތަޅާލައި ސާފުކޮށްފި

އދ. މަންދޫ ކައުންސިލްގެ އެދުމުގެ މަތިން މަންދޫ ކުރީގެ ޖެޓީވާނީ ތަޅާލެވި އެ ހުރިތަނުން ނަގާފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި އެ ސަރަޙައްދުގެ ކުނިތައްވާނީ ސާފުކޮށްދީފައި ކަމަށްވެސް ވިދާޅުވި އެވެ. މިއީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މޫސުން ގޯސް، ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވޭ: ފުލުހުން

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އެހެންކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ގާއިމްކުރަން އެހީތެރިވަނީ

ބޭންކް އޮފް މޯލްޑިވްސްއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ގާއިމްކުރުމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއީ ނޮވެންބަރުމަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0