މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

30 އޯގަސްޓް 2022 - 17:58

ހއ. ދިއްދޫ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ނިމެނީ

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ވިދާޅުވި އެވެ.

advertisement

މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމް.އެން.ޑީ.އެފަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ޢުމުރު 18 އަހަރާއި 25 އަހަރާއި ދެމެދު ދިވެހީންނަށް އެމް.އެން.ޑީ.އެފުން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކަށް އަހުލުވެރިކުރުމުގެ ދަތުރުތައް ށ. އަތޮޅުގައި މިއަދު ފަށައިފި ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރައްވައިފި އެވެ. ހަތް ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނެގޭނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވި އެވެ.

ގދ. އަތޮޅު ކައުންސިލާ ފިޝަރީސް މިނިސްޓަރ ބައްދަލުކުރައްވައިފި

ގދ. އަތޮޅު ކައުންސިލާ ފިޝަރީސް މިނިސްޓަރ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުގައި ހުރި ފަޅުރަށްރަށް، މަސްވެރިކަމާއި ދަނޑުވެރިކަން، ޕޯލްޓްރީ، އެކުއަރކަލްޗަރ އަދި މެރިކަލްޗަރ ފަދަ ފައިދާހުރި މަސައްކަތްކުރުމަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް އަދި ވަރުވާއަށް ރަށްރަށް ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާއާއި ލަފާ ހޯއްދެވި އެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި

ޕޯސްޓްގެ ޒަރިއާއިން ރާއްޖެއެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0