އެޗްޑީސީން 1 މިލިއަން ރުފިޔާގެ އަގުހުރި އާކިޓެކްޗުރަލް ޑިޒައިން މުބާރާތެއް ބާއްވަނީ

31 އޯގަސްޓް 2022 - 15:34

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާކިޓެކްޗަރަލް ޑިޒައިން މުބާރާތެއް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެހެން ހުޅުވާ ލެވިފައިވާ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ހުނަރުވެރި އަދި ގާބިލް އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ.

މި މުބާރާތުގެ ބައިވެރިވާ ފަރާތްތަކުން ސަގާފީ އަދި ޒަމާނީ ޑިޒައިން ހިމެނޭގޮތަށް “ޓޫރިޒަމް އައިލެންޑްގެ ކޮމާޝަލް ސްޕައިން”ގެ ކޮންސެޕްޓެއް އެކުލަވާލަންވާނެއެވެ. މި ކޮމާޝަލް ސްޕައިން ވެގެންދާނީ އާންމުންނަށް ފަސޭހައިން ވިޔަފާރިކޮށްލެވޭ އަދި ހުސްވަގުތު ހޭދަކުރެވޭނެފަދަ ގިނަ ކުޅިވަރު ހަރަކާތްތަކެއް އެކުލެވިގެންވާ ސަރަހައްދަކަށެވެ.

advertisement

މި މުބާރާތަކީ 1މިލިއަން ރުފިޔާގެ އަގުހުރި މުބާރާތެކެވެ.:

ކޮންސެޕްޓް މަރުހަލާގައި:

  • 1ވަނައަށްދާ ފަރާތަކަށް 200،000ރުފިޔާ،
  • 2ވަނައަށްދާ ފަރާތަކަށް 30،000ރުފިޔާ އަދި
  • 3ވަނައަށްދާ ފަރާތަކަށް 20،000ރުފިޔާ އިނާމުގެ ގޮތުގައި ލިބިގެންދާނެއެވެ.

މީގެ އިތުރުން މި މުބާރާތުން 1ވަނައަށް ހޮވޭ ފަރާތަކުން ހުށަހަޅާ ކޮންސެޕްޓުގެ ޑީޓެއިލްޑް ޑިޒައިން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު އެފަރާތަކަށް ލިބިގެންދާނެއެވެ. އަދި ޑީޓެއިލްޑް ޑިޒައިން ފުރިހަމަ ކުރުމުން އެފަރާތަކަށް 750،000ރުފިޔާ އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެޗްޑީސީގެ ކޮމްޕެޓިޝަން ވެބްސައިޓް މެދުވެރިކޮށް /https://design.hdc.com.mv ރަޖިސްޓަރކުރެވޭނެއެވެ.

އަދި ކޮންމެ ބައިވެރިވާ ފަރާތެއްގެ ނަމުގައި ހުށަހެޅޭނީ އެންމެ ކޮންސެޕްޓެކެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 12ސެޕްޓެމްބަރ 2022ވާ ހޯމަދުވަހުއެވެ. އަދި ރެޖިސްޓްރީވާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތާގުޅޭ އިތުރު މައުލޫމާތު އެޗ.ްޑ.ީސީގެ މީސްމީޑިއާ މެދުވެރިކޮށް ފޯރުކޮށް ދެމުންދާނެއެވެ.

ރިއެކްޝަންސް
0
2
0
0
0
0
1