އާއިލާއެއް “ޓޮކްސިކް” ވަނީ ކިހާ ހިސާބަކުން؟

1 ސެޕްޓެމްބަރ 2022 - 12:48

ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް ފުރައްސާރައާއި ބޭވަފާތެރިވުމާއި ޖެއްސުންކުރުން ފަދަ އަމަލުތައް ކޮންމެވެސް މިނަވަރަކަށް އޮވެއެވެ. ގަސްތުގައި ނޫންނަމަވެސް މިކަހަލަ ވާހަކަތަކާއި އަމަލުތަކަކީ އާއިލާތަކުގެ ތެރޭގައި އޮންނަ ކަންކަމެވެ.

ތިމާގެ އިމޯޝަންއާއި ގުޅެލުމަށްފަހު ކުރަން ބޭނުންވާ ކަންކަން ކުރުވުމަކީވެސް މިފަދަ ކަމެކެވެ. ނުވަތަ ކަމަކާއި ގުޅުވައިގެން ކުރިން ކޮށްދީފައި ހުންނަ ކަންކަމުގެ ވާހަކަވެސް ގޮވާލާ ފަހަރު އާދެއެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އާއިލާތެތެރޭގައި ދިމާވާ މިފަދަ ބައެއް ކަންކަމާއި އެކަންކަމާއި ކުރިމަތިލާން ކަންކަން ކުރެވިދާނެ ގޮތަށެވެ.

advertisement

މިއީ ކޮންކަމެއް؟

މެނިޕިއުލޭޝަންއަކީ އެހެން މީހުން ތިމާ ކޮންޓްރޯލްކުރުމެވެ. އަދި ތިމާ ގަޔާވާ ކަމެއް ކުރުން ހުއްޓުވުމަށް އެހެން މީހުން މަސައްކަތްކުރުމަކީވެސް މެނިޕިއުލޭޝަންއެވެ. އޭގެތެރޭގައި ތިމާގެ ވަޒީފާ، ތިމާ ލޯބިވާ ކަމެއް، ތިމާއަށް ލިބިފައިވާ ބާރެއް ނެތިކުރުން ނުވަތަ އެނޫންވެސް ކަމެއް ހިމެނިދާނެއެވެ.

އާއިލާތެރޭގައި މެނިޕިއުލޭޝަންގެ އަމަލުތައް ފެންނަނަމަ މިއީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެއީ އާއިލާގެ ތެރޭގައި އުޅޭނީ ތިމާއާއި އެންމެ ގާތް އެންމެ ލޯބިވާ މީހުންނެވެ. އޭގެތެރޭގައި މަންމަ، ބައްޕަ، ކޮއްކޮ، ދައްތަ، ބޭބެ ހިމެނެއެވެ.

އިހްސާސްތަކަށް އިހްތިރާމް ނުކުރުން

މެނިޕިއުލޭޓް ކުރާ މީހާއަށް ތިމާގެ އިހްސާސްތަކަކީ އެއްވެސް މުހިންމު އެއްޗަކަށް ނުވާނެއެވެ. އާއިލާގެ މެންބަރަކަށް ތިމާގެ އިހްސާސްތަކަކީ އެއްވެސް އެއްޗެއް ނޫންކަން ދައްކާ ބައެއް ހާލަތްތަކުގެ ތެރޭގައި:

  • ކަންކަން ހިއްސާކުރުމަށް ފުރުސަތު ނުދިނުން.
  • ވާހަކަދައްކާއިރު ވާހަކަ މެދުކަނޑާލައި ވާހަކަދައްކަން ފެށުން
  • ތިމާގެ ކަންބޮޑުވުންތަކަށް އަޅާނުލައި އެއީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކުން.
  • އިމޯޝަންސް ދެެއްކުމުން އެކަމާއި ރުޅިއައުން ނުވަތަ އަދަބުދިނުން.
  • ކަމަކާއި ގުޅޭގޮތުން އިހްސާސްވާންޖެހޭނީ ކިހިނެތްކަމަށް ބުނުން.

މިސާލަކަށް މާމަގެ އުފަންދުވަހުގައި އޮންނަ ޕާޓިއަށް ނުދާނެކަަމަށް މަންމަ ކައިރީގައި ބުނީއެވެ. އެއީ ކުޑައިރު ތިމާއަށް ބުލީކުރި އާއިލާގެ ކުދިން އެ ޕާޓިއަށް ދާތީއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން މަންމަ ޖަވާބެއްގެ ގޮތުގައި މި ބުނަނީ މިހާ ދުވަސްވީއިރުވެސް އެކަން އަދިވެސް ހަނދާން ނުނެތޭތޯއާއި، ޕާޓީގައި އެއްވެސް ކަމެއް ނުވާނެކަމަށާއި، ޕާޓީއޮންނަ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ކަމެއް ދިމާވިއަސް ވާހަކަނުދައްކައި ނުހުރެވޭ ތޯއެވެ.

މިގޮތައް މަންމަ ޖަވާބުދީފިނަމަ ކުއްޖާގެ އެމޯޝަންއަށް އިހްތިރާމް ނުކުރީއެވެ. އަދި ކުއްޖާގެ އިހްސާސްތަކަށް އެއްގޮތަކަށްވެސް ސަޕޯޓް ނުކުރީއެވެ.

އިމޯޝަނަލް ބްލެކްމެއިލް

އިމޯޝަނަލް ބްލެކްމެއިލްއަކީ އެމީހުން ކުރަން ބޭނުންވާ ކަމެއް ކުރުމަށް ތިމާގެ އިމޯޝަންސް ބޭނުންކޮށްގެން ނާޖާއިޒް ފައިދާނެގުމެވެ. އިމޯޝަނަލް ބްލެކްމެއިލް ކުރާއިރު ފުރަތަމަ ވަކި ކަމަކަށް ޑިމާންޑް ކުރެއެވެ. އެއަށްފަހު އެކަމަށް ދެކޮޅު ހެދުމުން އިމޯޝަނަލް ބްލެކްމެއިލް ކުރެއެވެ. އަދި އެމީހުން ބޭނުންވާ ކަމެއް ހާސިލްވުމުން މާ ރަނގަޅުކަމަށް ދައްކައެވެ. ނުވަތަ ހަދިޔާދެއެވެ.

ނެތް ލޯބި ދެއްކުން

އެމީހުން ބޭނުންވާ ގޮތައް ބޭނުންކަމެއް ކޮށްދިނުމުން މާލޯބިވާކަމަށް ހެދިގެން ތިމާދެކެ ނުވާލޯބި ދައްކައިގެން އުޅޭ ހާލަތްތައްވެސް ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި އެމީހުން ބޭނުންނުވާގޮތައް ކަމެއް ދިމާވެއްޖެނަމަ މިފަދަ ގޮތަކަށް އަމަލުކުރެއެވެ.

  • އަދަބު ދިނުން ނުވަތަ ފާޑުކިޔުން
  • ގޯސްކޮށް ކަންތައް ކުރުން/ އެއްވެސް ލޯތްބެއް ނެތްގޮތައް އަމަލުތައް ހުރުން
  • ބްލޭމްކުރުން

އާއިލާތެރޭގައި ދިމާވާ މެނިޕިއުލޭޝަންއަށް އަމަލުކުރާނީ ކިހިނެތް؟

އާއިލާތެރޭގައި ދިމާވާ މެނިޕިއުލޭޝަންވިއަސް އަދި އެނޫން ޓޮކްސިކް އަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަކީ ވަރަށް އުނދަގޫ ސްްޓްރެސް އެކުލެވިގެންވާ ކަމެކެވެ.

މިކަމަށް އަމަލުުކުރެވިދާނެ އެއް ގޮތަކީ އެކަންކަމާއި އަޅާނުލުމެވެ. އޭރުން އެފަދަ އަމަލުކުރުމަށް ލިބޭ ފުރުސަތު ހަނިވެގެންދާނެއެވެ. މިކަމަށް އެޅޭނެ އެންމެ މުހިންމު ކަމަކީ މެނިޕިއުލޭޝަންއަށް އަމިއްލަ މީހާ ހޭނިފައި ވުމެވެ. މިއީ ކޮންކަމެއްތޯއާއި މެނިޕިއުލޭޝަންގެ އަމަލުތަކާއި ގުޅޭގޮތުން ތިމާއަށް ރަނގަޅު މައުލޫމާތު ލިބިފައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއިިރުން އެފަދަ އަމަލެއް ދިމާވުމުން ވަގުތުން އެކަން އިނގޭނެއެވެ.

ތިމާއަށް އިހްސާސްވާގޮތް ބުނެދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. މީގެ ސަބަބުން އެކަންތައް އިތުރަށް ޓޮކްސިކް ވެގެން ނުދިއުމަށް އެހީތެރިވެދޭނެއެވެ.

މީގެއިތުރުން އާއިލާގެ މީހުންކަމުގައިވީނަމަވެސް ވަކި ހައްދެއް ނުވަތަ ލިމިޓެއް ކަނޑައަޅާށެވެ. އެއިރުން އެ މިންގަނޑުން ފަހަނަ އަޅައިގެން ދާނަމަ އެކަން އިނގި މެނިޕިއުލޭޝަންގެ އަމަލުތަކަށް ލިބޭ ފުރުސަތު ކުޑަވެގެންދާނެއެވެ.

ރިއެކްޝަންސް
3
0
1
1
0
1
2