ފުހުލުންނަށް ހަމަލާދިން މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
10 ސެޕްޓެމްބަރ 2022 - 16:06
މާލޭގައި ތިން ފުލުހަކަށް އިއްޔެ ހަމަލާދިން މައްސަލައިގައި މިހާތަނަށް 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ހަމީދު ވިދާޅުވީ، މި މައްސަލައިގައި އިތުރަށް ހަރަކާތްތެރިވެފައިވާ މީހުން ބަލައި އެމީހުންވެސް ހައްޔަރުކުރާނެކަމަށެވެ. އިއްޔެ މާލޭގައި ފުލުހުންނަށް ހަމަލާދީފައިވަނީ ގޭންގަކުން ކަމަށާއި އެ މައްސަލައިގައި ފިޔަވަޅު ނާޅައި ދޫކޮށްނުލައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
The wider systems need to step up efforts to holistically tackle the problems of violent crime groups and the trafficking of narcotic drugs. More support is needed to protect police officers, for us to be able to protect lives of people and serve communities.
— Mohamed Hameed (@M_Hameedh) September 9, 2022
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 12 ޖަހަން އުޅެނިކޮށެވެ. މި ހާދިސާގައި ޒަހަމްވި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހެކެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަށް ހަމަލާދިނީ އެ ފުލުހުންގެ އޮފް ޑިއުޓީގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަމުގައި ޝާމިލުވާ އެކަކު ވެސް ދޫނުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް ދޭ އަނިޔާ ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.