މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 ސެޕްޓެމްބަރ 2022 - 18:11

ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ: ރައީސް

ބިނާވެށީގެ ޕްލޭން ތައްޔާރުކުރުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޤާނޫނު ބަދަލުކުރަންޖެހޭ ނަމަ އެކަން ކުރެއްވުން މުހިއްމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ.ގަމުގައި މިހާރުކުރިޔަށްދާ، ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ހުރަސްތަކާ ގުޅިގެން ކުރަންޖެހިފައި ހުރި މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން: ރައީސް

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ހުރަސްތަކާ ގުޅިގެން ކުރަންޖެހިފައި ހުރި މަސައްކަތްތައް ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މިހާރު ކުރަމުންދާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ އެންމެފަހު ސެޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

advertisement

ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް

ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށިލުމުގެ މަސައްކަތުގެ 86 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދީފިއެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

8 ވައްތަރެއްގެ މާމުޔާއި، ރޫފިލުވާ ބޭހަކާމެދު ސަމާލުވުމަށް އެދިއްޖެ

ސެކްޝުއަލް އެންހޭންސްމަންޓް އަދި އިރެކްޓައިލް ޑިސްފަންކްޝަންއަށް ބޭނުންކުރާ ބޭހެއްކަމަށްވާ ޓަޑާލަފިލްއާއި ސިޑެނަފްލް ހިމެނޭ މާމުއި ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިލްތިމާސްކުރައްވައިފިއެވެ.

އަމީނީ މަގުގެ ފުރަތަމަބައި މަސައްކަތް ފަށައިފި

އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތަށް، އެމަގުގެ ހެންވޭރާވީ ސަރަޙައްދުން ބައެއް ބަންދުކޮށް މަގުގެ މަސައްކަތް ފަށައިފއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0