ތާރީހުގެ ތެރެއިން: ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ފެށުން

13 ސެޕްޓެމްބަރ 2022 - 14:31

ރާއްޖޭގެ ދެވަނަ ރައީސްގެ ނަމަށް ނިސްބަތްކޮށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ރަސްމީކޮށް، “އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް” ގެ ނަމަށް ބަދަލު ކޮށްފައިވަނީ 2011، ޖުލައި 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އިބްރާހިމް ނާސިރުގެ އާއިލީ ނަމަށް ނިސްބަތްކޮށް “ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް” ގެ ނަމަށް ބަދަލުކޮށްފައިވަނީ 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މި އެއާޕޯޓު އަލަށް ގާއިމު ކުރެވުނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު އެއާޕޯޓުގެ ރަންވޭ ސައިޒަކީ 75 × 3000 ފޫޓެވެ. ރަންވޭ ހަދާފައިވަނީ ދަނގަޑު ފިލާ ބޭނުންކޮށްގެންނެވެ. މި އެއާޕޯޓަށް އެންމެ ފުރަތަމަ ޖެއްސި މަތިންދާ ބޯޓަކީ ރޯޔަލް ނިއުޒިލެންޑް އެއާ ފޯސްގެ NZ5906 އެވެ. އެންމެ ފުރަތަމަ އެއާޕޯޓު ހުޅުވީ އިނގިރޭސީންނެވެ. އޭގެ ފަހުން އެ އެއާޕޯޓުގެ އާ ރަންވޭ ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 1964 ވަނަ އަހަރުގައެވެ.

advertisement

އޭގެ ކުރިން، އިނގިރޭސިން އެޅި ރަންވޭއަށް ދިވެހިންގެ ބަޔަކު ސިއްރުން ރޭގަނޑުގެ ވަގުތަކުގައި އަރައި ގެއްލުން ދެމުން އައިކަމަށް ބުނެވެއެވެ. އާ ރަންވޭ ހެދުމަށްޓަކައި ސަރުކާރުން އަންގައިގެން ރާއްޖޭގެ އެކި ރަށްރަށުން ފިރިހެނުން ހުޅުލެއަށް އައިސް މަސައްކަތް ކުރިކަމަށް ތާރީހީ ފޮތްތަކުން ހާމަވެއެވެ.

ރަންވޭގެ މަސައްކަތަށް ނިކުތް މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެ ބާރުމިނުގައި މަސައްކަތް ކުރި އަވަށަށް 1000 ރުފިޔާ ހުށައެޅުމުން، ހަތަރު އަވަށުންވެސް އެ އިނާމަށް ވާދަކުރިއެވެ. މަސައްކަތުގެ ފުރަތަމަ ދުވަހު 108 މީހުން މަސައްކަތް ކުރުމަށް އަމިއްލައަށް ވޮލަންޓިއާ ކުރިއެވެ. އަދި ރައްޔިތުންގެ ފަރާތުން 1563ރ ވެސް މި މަސައްކަތަށް ޑޮނޭޓް ކުރިއެވެ.

އާ ރަންވޭ ހެދުމަށްޓަކައި ސަރުކާރުން އަންގައިގެން ރާއްޖޭގެ އެކި ރަށްރަށުން ފިރިހެނުން ހުޅުލެއަށް ގެނެސް މަސައްކަތް ކުރިކަމަށް ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތަސް، އެކަމަށް ހެކިބަސް ދޭ މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ.

ރިއެކްޝަންސް
0
2
0
0
1
0
0