މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
17 ސެޕްޓެމްބަރ 2022 - 15:30
އިނގިރޭސި ވިލާތަށް ކުރާ ރަސްމީ ދަތުރެއްގައި ރައީސްގެ ދެ ކަނބަލުން ފުރައިފި
އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމައްދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރާވަޑައިގެންފިއެވެ.
އާރްޓީއެލްގެ ފެރީތައް ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި.
— MTCC Plc (@MTCCPlc) September 15, 2022
ޕްރެސް ރިލީޒް: https://t.co/UIjhJnkutI pic.twitter.com/ZSNFLSci8O
“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތުގެ 2 އަދި 3 ވަނަ ފިޔަވައްސަށް ބޭނުންވާ ފެރީ ބަނުމަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފި ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ.
ކެންޔާއިން އޮޅުއަލައިގެ މުޑުވައް ގެނެސް ދިރާސާ ކުރަނީ
އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން (1/2) pic.twitter.com/xWv2NKhojz— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) September 17, 2022
ކެންޔާއިން ގެނައި ޓާރޯލީފް ބްލައިޓް ބަލިޖެހުންދުރު އަލައިގެ ވައްތަރެއްގެ މުޑުވައް ރިސާރޗް ކުރުމުގެ ގޮތުން ފިޝަރީސް މިނިސްޓަރ ގދ . ފިޔޯރީ ދަނޑުވެރިންނާއި އެކު އެ މަސައްކަތް ފައްޓަވައި ދެއްވައިފި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.
މީގެ ބޭނުމަކީ އަލަގަހުގެ ފަތުގައި ލައްޖަހާ ގަސްހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފެތުރި ރާއްޖޭގައި ފުޅާދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީވެ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުންކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދިނެވެ.
ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފި
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފި. މި ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު. pic.twitter.com/wvUAkgxGwK— Home Ministry, MV (@HomeMinistrymv) September 16, 2022
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރ ކޮޅުމަޑުލު ވޭމަންޑޫގައި ހުޅުވައިފި އެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ރާއްޖޭގައި އެކި ގޮތްތުން ހަވާސާވަމުންދާ ކުޑަކުދިންގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑުގެ އެންމެ މުހިންމު ކަމަކީ ގާނޫނު ތަންފީޒު ކުރަންޖެހޭ ހާލަތަކަށް ކުދިން އަޔަނުދިނުން ކަމަށާއި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.
އޭޝިއާގެ އެންމެ ބޮޑު ޑައިވް ފެއަރ، އެޑެކްސްގައި ރާއްޖެއިން ބައިވެރިވެއްޖެ
އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީ ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވް އެޑްވެންޗަރސްތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، އެޑެކްސް 2022ގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.
މި ހަރަކާތް ކުރިއަށް ދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ސެޕްޓެމްބަރު މަހުގެ 16އިން 18ވަނަ ދުވަހާ ހަމައަށެވެ.