ސްކޫލަށް ދާއިރު ހެނދުނުގެ ނާސްތާ ނަގަން ކުދިންނަށް ބާރުއެޅޭނީ ކިހިނެތް؟

20 ސެޕްޓެމްބަރ 2022 - 10:49

ހޯދުންތަކުން ދައްކާގޮތުގައި ކުޑަކުދިން ސްކޫލަށް ދިއުމުގެ ކުރިން ނާސްތާ ނެގުމާއި ދުރެވެ. 2011 ވަނަ އަހަރު ހަދާފައިވާ ދިރާސާއެއްގައި ދައްކާގޮތުން ސްކޫލަށްދާ އުމުރުގެ އެއީ 2 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 12 އިންސައްތަ ފިރެހެންކުދިން ސްކޫލަށްދަނީ ހެނދުނުގެ ނާސްތާ ނުނަގައެވެ. އަދި އަންހެނުންކުދިންގެ ތެރެއިން 15 އިންސައްތަ ކުދިން ސްކޫލަށް ދަނީ ނާސްތާ ނުނަގައެވެ.

އުރުރު ދޮށިވާ ވަރަކަށް ހެނދުނު ނާސްތާ ނުނަގާދާ ކުދިންގެ ނިސްބަތް އިތުރުވާކަމަށް ހޯދުންތަކުން ދައްކައެވެ. އެގޮތުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 25 އިންސައްތަ ފިރެހެން ކުދިން އަދި 36 އިންސައްތަ އަންހެންކުދިން ހެނދުނުގެ ނާސްތާ ނުނަގާކަމަށް މި ދިރާސާއިން ދައްކައެވެ.

advertisement

ހެނދުނުގެ ނާސްތާއަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު އެއްޗެކެވެ. ޙާއްސަކޮށް ސްކޫލަށްދާ އުމުރުފުރާގެ ކުދިންނަށް މިއީ ވަރަށް މުހިންމު އެއްޗެކެވެ. ހެނދުނުގެ ނާސްތާ ނުނަގާ ކުދިންގެ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް ލިބުމަށް ހުރަސައެޅެއެވެ. އޭގެތެރޭގައި ފައިބަރ، ފޮލޭޓް، ވިޓަމިން އޭ، އަޔަން އަދި ކެލްޝިއަމް ހިމެނެއެވެ. އެހެންކަމުން ސްކޫލްގައި ފިލާވަޅަށް ސަމާލުކަންދޭންވެސް ހުރަސްއެޅެއެވެ.

ކުދިން ސްކޫލަށް ދިއުމުގެ ކުދިން ހެނދުނުގެ ނާސްތާ ނެގުމަށް ކުއްޖާއަށް ބާރުއެޅުމުގެ ގޮތުން ބެލެނިވެރިންނަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެތެރޭގައި:

  • ކުއްޖާ ހެނދުނުގެ ނާސްތާ ނަގަން އެކަށީގެންވާ ވަގުތު ކުއްޖާއަށް ދިނުން.
  • ކުއްޖާ ގަޔާވާ ކަހަލަ ތަފާތު ބާވަތްތައް ހެނދުނުގެ ނާސްތާއަށް ދިނުން. މީގެ ސަބަބުން ކުއްޖާއަށް އެކަތި ކަމުނުދިޔަ ނަމަވެސް އިތުރު އޮޕަޝަން ހުންނާނެއެވެ.
  • ކުއްޖާ ކެއުމަށް ސަމާލުކަންދޭކަން ޔަޤީންކުރުމަށް އެހެންކަންކަމާއި ދުރުކުރުން. މިސާލަކަށް ޓީވީ، ފޮތް، ކުޅޭ އެއްޗެސް ހިމެނެއެވެ.
  • ބެލެނިވެރިޔާވެސް ހެނދުނުގެ ނާސްތާ ނެގުން. މިއީ ކުއްޖާވެސް ނާސްތާ ނެގުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ރިއެކްޝަންސް
2
6
0
2
0
0
0