ރިޔާސީ އިންތިހާބާއި ގުޅުވައިގެން އެމް.ވީ.ޕްލަސް ޕަބްލިކް އޮޕީނިއަންއިން ދިވެހިންގެ ހިޔާލު ހޯދަނީ

20 ސެޕްޓެމްބަރ 2022 - 13:32

އެމް.ވީ.ޕްލަސް ޕަބްލިކް އޮޕީނިއަންގެ ޒަރިއްޔާއިން މިއަންނަ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ދެ ޕޯލްއެއް ނަގަން ފަށައިފި އެވެ. މީގެ ތެރެއިން އެއް ޕޯލްގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަޅާ ކިޔާ މަގުބޫލުކަން ނެގޭނެ އެވެ.

އަދި ހަމަ އެހެންމެ، ދެވަނަ ޕޯލްގައި ރައީސް ސާލިހްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަގުބޫލުކަންވެސް ނެގިގެން ދާނެ އެވެ.

advertisement

އެމްވީ ޕްލަސް ޕަބްލިކް އޮޕީނިއަން އަކީ މުޖްތަމައުގެ އެކިއެކި ކަންކަމުގައި އާންމުންގެ ޙިޔާލު ހޯދުމަށް ލޯންޗްކޮށްފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން ސިޔާސީ އެކިއެކި ކަންކަމާއި އެއިރެއްގައި މުޖްތަމައުގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭ ކަންކަމާއި ގުޅޭގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް އާންމުންގެ ޚިޔާލު ހޯދާނެއެވެ.

މި ސަރވޭތަކުގައި ބައިވެރިވެ އެމީހަކު ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ ފުރުސަތު އެމްވީ ޕްލަސް ޕަބްލިކް އޮޕީނިއަނުން ވަނީ ހުޅުވާލާފައެވެ. މިހާތަނަށް ދިހަ ހާސް އަށްވުރެ ގިނަ ދިވެހިން މިޕޯރޓަލްގައި ރަޖިސްޓްރީކޮށްފައިވާކަން ފާހަނގަކޮށްލެވެއެވެ.

ރިއެކްޝަންސް
8
8
12
4
4
3
12