މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
26 ސެޕްޓެމްބަރ 2022 - 15:43
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ މަންދޫބެއްގެ ގޮތުގައި ޝާހިދު ޖަޕާނަށް
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު، ޖަޕާނަށް މިއަދު ފުރާވަޑައިގެންފިއެވެ
މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއްވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަަޑައިގެންނެވިއެވެ.
ޝިންޒޯ އަބޭ އަވަހާރަވީ، މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާއްމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ
ސްޓޮކް މަދުވުމުން 50 ރުފިޔާގެ ނޫޓުގެ އަލުން ޗާޕުކޮށްފި
ރާއްޖޭގައި ދައުރުކުރަމުން އަންނަ 50ރ ގެ ނޫޓު މަދުމުވުމުގެ ސަބަބުން އިތުރަށް ޗާޕުކޮށްފި އެވެ.
އެމްއެމްއޭއިން އިއްޔެ އިއުލާނުކުރި ގޮތުގައި ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްގެން 25 ސެޕްޓެމްބަރު 2022 ގައި ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ވަނީ ރައްކާކޮށްފައެވެ.
އައިޓީއެފްސީއިން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ އެހީއެއް
އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އިން ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 189 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ
We are pleased to announce the signing on USD189m Trade Financing Facility with @ITFCCORP The Facility was signed by ITFC CEO, Engineer Hani Salem Sombol and STO CEO & MD, Mr. Husen Amr Mohamed Rashad, in witness by the IsDB Governor and Minister of Finance H.E Mr. Ibrahim Ameer. pic.twitter.com/dNrRZxX3F2— STO (@stoplc) September 25, 2022
ރާއްޖެއާއި މަލާވީއާ ދެމެދު ސިޔާސީގުޅުން ގާއިމްކޮށްފި
Was very pleased to sign the Joint Communique’ with FM of #Malawi, @nancygtembo, establishing diplomatic relations between the #Maldives & #Malawi
This will open fresh avenues to enhance our cooperation in support of our shared interests.@ForeignMalawi pic.twitter.com/VEwfrcDsEY— Abdulla Shahid (@abdulla_shahid) September 24, 2022
އަސްކަރިއްޔާގައި އަންހެން ސިފައިން ގިނަކުރަން މަސައްކަތްކުރަން ޖެހޭ: މާރިޔާ
ދިވެހި އަސްކަރިއްޔާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެން ސިފައިން ގިނަ ކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަސްކަރިއްޔާގެ އެކި މަގާމުތަކުގައި މިހާރު ވެސް އަންހެން ސިފައިން އެބަތިބި ކަމަށެވެ. އެހެންނަމަވެސް އަސްކަރިއްޔާއަށް ބަލާއިރު، އަންހެން ސިފައިގެން އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވާ ވިދާޅުވީ މިޙާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަންޖެހޭ ކަމަށެވެ. އަދި، އަސްކަރިއްޔާއާއި ގުޅުމަށް ދިވެހި ކަނބަލުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ
Hon Min @MariyaDidi reviewed the Passing out Parade of the 68th Basic Training Course @mndf_Official In her address to them, the Min asked all new recruits to maintain their fitness & be mission ready & keep their discipline to that expected of a soldier at all times. pic.twitter.com/necQ3kCyW0— Ministry of Defence (@MoDmv) September 26, 2022