ޕީ.އެސް.އެމުން 2019އިން ފެށިގެން ކަރަންޓު ބިލެއް ނުދައްކާ، ޖުމްލަ ބިލަށް 80.8 މިލިއަން ރުފިޔާ

6 އޮކްޓޯބަރ 2022 - 15:37

މިދިޔަ ސެޕްޓެމްބަރު މަސް ނިމިގެންދޔައިރު، ސަރުކާރުގެ ހިއްސާ އޮންނަ ނޫސް މީޑިއާއެއް ކަމައްވާ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)އިން 80.8 މިލިއަން ރުފިޔާގެ ކަރަންޓު ބިލެއް ސްޓެލްކޯއަށް ނުދައްކާ އޮތް ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

މިއަދަދަކީ 2019ވަނަ އަހަރުން ފެށިގެން މިނިމިގެންދިޔަ ސެޕްޓެމްބަރު މަހާއި ހަމައަށް އަރާފައިވާ ވަރެވެ.

advertisement

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ޝަރީފްވަނީ ރައްޔިތުންގެ މަޖީލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސް.އޯ.އީ) ކޮމިޓީގައިވެސް މިވާހަކަފުޅު ދައްކާފައި އެވެ. އަދި ހަމަ އެހެންމެ، ސަރުކާރުތަކުގެ މިކަހަލަ ކުންފުނިތަކުން ކަރަންޓް ބިލު ނުދައްކައި، ސްޓެލްކޯގެ ކޭޝްފްލޯ ތާށިވާނަމަ، ރަށްރަށުގައި ކަރަންޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ދަތިތަކާއި ކުރިމަތިވާކަމަށްވެސް ހާމަކޮށްފައިއެވެ.

ސްޓެލްކޯއިން އެމް.ވީ.ޕްލަސްއަށް ދީފައިވާ މައުލޫމާތުގައި ބަޔާންކޮށްފައިވަނީ މަހުންމަހަށް ދަކަންޖެހޭ ޕޭމަންޓުތައް ޕީ.އެސް.އެމުން ނުދައްކާވާހަކަ އެވެ. މި މައްސަލައާއި ގުޅިގެން ސްޓެލްކޯއިންވަނީ ފިނޭންސް މިނިސްޓްރީއަށް އައުޓްސްޓޭންޑިންގ ބިލް ހަލާސްކުރުމަށް ސިޓީއެއް ފޮނުވާފައި އެވެ.

އަދި ހަމަ އެހެންމެ، ބިލު ދައްކަން ވެގެން ފިނޭންސް މިނިސްޓްރީން 12 މިލިއަން ރުފިޔާ އެ މީޑިއާ ކުންފުންޏަށް ދޫކުރެވިފައިވީ ނަމަވެސް، ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ޕީ.އެސް.އެމްއިން ދައްކާފައިވަނީ އޭގެ އެންމެ 8 މިލިއަން ރުފިޔާއެވެ.

ބާކީ އޮތް 4 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއިން މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެ 4 މިލިއަން ރުފިޔާއަށް ވީނުވީއެއް ނޭންގުނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0