ޕާސަނަލް ކޮމްޕިއުޓަރސްއަކީ ދިވެހިރާއްޖޭގައި ލޮޖިޓެކްގެ ހުއްދަ ލިބިފައިވާ ޑިސްޓްރިބިއުޓަރ

9 އޮކްޓޯބަރ 2022 - 12:30

ޕާސަނަލް ކޮމްޕިއުޓަރސްއަކީ ދިމެހިރާއްޖޭގެ އައިސީޓީ ދާއިރާގައި ދެމެހެއްޓެނިވި ދިގުތާރީހެއް އޮތް ކުންފުންޏެކެވެ. ވޭދުވެދިޔަ 14 އަހަރުގެ ތެރޭގައި އެކުންފުނިންވަނީ ދުނިޔޭގެ ކުރިއަރާފައިވާ ބްރޭންޑްތަކުގެ ފަހުގެ އީޖާދީ އުފެއްދުންތައް ރާއްޖޭގެ މާކެޓައް ތައާރަފްކޮށްފައެވެ.

އެގޮތުން ދުނިޔޭގެ އައިސީޓީ މާކެޓްގައި 40 އަހަރުގެ ތަޖުރިބާހުރި ސްވެޑަންގެ މަޝްހޫރި ލޮޖިޓެކް ބޮރޭންޑުގެ އުފެއްދުންތައް މިހާރު ޕާސަނަލް ކޮމްޕިއުޓަރސްއިން ލިބިވަޑައިގަންނަވާނެއެވެ.

advertisement

ޑިޖިޓަލް ދުނިޔެއާއި މުވާސަލާތުކުރަން ބޭނުންކުރާ ގިނަ ވަސީލަތްތަކަކަށް އިންގިލާބީ ބޮޑު ބަދަލުތަކެއް މިކުންފުނިންވަނީ ގެނެސްދީފައެވެ. ދުނިޔޭގެ މާކެޓްގެ އެންމެ އުފެއްދުންތެރި އެއް ބްރޭންޑްގެގޮތުގައި ފާހަގަކޮށްލެވޭ މިކުންފުނިންވަނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލާއި މުނިފޫހިފިލުވުން އަދި އުނގެނުން ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި ގުޅުވާލަދީފައެވެ.

ލޮޖިޓެކް ބްރޭންޑްއާއި އެކު ޕާރސަނަލް ކޮމްޕިއުޓަރސްއިން އެފެށި ދަތުރަކީ ރާއްޖޭގެ ތާރިހުގައިވެސް ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބްރޭންޑްއެއްގެ T1 ޑިސްޓްރިބިއުޓަރއެއްގެ ހައިޞިއްޔަތުން ދިވެހި ކުންފުންޏެއްގެ ފުރަތަމަ ތަޖުރިބާއެވެ.

މި ލަނޑުދަނޑިއާއިއެކު އެކުންފުނީގެ އުންމީދަކީ، ދުނިޔޭގެ އިތުރު މަޝްހޫރު ބްރޭންޑްތަށްވެސް ރާއްޖޭގެ މާކެޓްއަކީ ކުރިމަގުއޮތް ފައިދާކުރުވަނިވި މާކެޓްއެއްގެ ގޮތުގައި ބަލައިގަތުމެވެ.

ލޮޖިޓެކްގެ ވޮރެންޓީ ނިޒާމަކީ ދުނިޔޭގެ މެޖޯރިޓީ ބްރޭންޑްތަށް ވޮރެންޓީގެ ހިދުމަތްދޭގޮތް ރީޑިފައިންކޮށް، އެ ބްރޭންޑްތަކާއި ހިލާފަށް، ވޮރެންޓީގެ މުއްދަތުގައި ދިމާވާ މައްސަލަތަށް މަރާމާތުކޮށް ހައްލުކުރުމުގެ ބަދަލުގައި މައްސަލަ ދިމާވާ ޕްރޮޑަކްޓްގެ ބަލުގައި އައު ޕްރޮޑްކްޓްއެއް ދޭގޮޓަށް އޮންނަ ނިޒާމެކެވެ.

ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ޕާސަނަލް ކޮމްޕިއުޓަރސް އިންނާއި އެކުންފުނީގެ ރީސެލާ ނެޓްވޯކުގެ ތެރެއިން ކަސްޓަމަރުންނަށް މިހިދުމަތް ލިބިވަޑައިގަންނަވާނެއެވެ.

ޕާސަނަލް ކޮމްޕިއުޓަރސްއިން ތައާރަފްކުރަމުން މިދާ ޕްރޮޑްކްޓްތަކާއި ހިދުމަތްތަކާއިއެކު އެކުންފުނިންވަނީ، ލޮޖިޓެކް އަދި އެހެނިހެން ބްރޭންޑްތަކުގެ ރީސެލާއިންނަށްވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ވިޔަފާރިތަކަށްވަނީ ހުޅުވާލެވިފައެވެ.

ޕާސަނަލް ކޮމްޕިއުޓަރސްގެ ނުވަތަ އޮތޮރައިޒްޑް ބްރޭންޑްއެއްގެ ރީސެލާއަކަށްވުމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން info@personalcomputers.mv އަށް މެއިލްކޮށްލެއްވުމުން އެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ޕާސަނަލް ކޮމްޕިއުޓަރސްއިން ޑިސްޓްރިބިއުޓްކުރާ އިތުރު ބްރޭންޑްތަކުގެ ތެރޭގައި، ލެނޯވޯ، ވެންޝަން އަދި ނެޓްނެނީ ހިމެނެއެވެ. އެގޮތުން ނެޓްނެނީއަކީ ކުޑަކުދިންނަށް އިންޓަނެޓަކީ އަމާން މާހައުލެއްކަން ކަށަވަރުކޮށްދިނުމަށް 1997 ވަނަ އަހަރު އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ.

ދިވެހިރާއްޖޭގައި އިތުރުވަމުންއަންނަ ސައިބަރ ބުލީންގެ ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައި “ނުދައްކާ ވާހަކަ”ގެ ނަމުގައި ޕާސަނަލް ކޮމްޕިއުޓަރސްއިން އެންޓި ސައިބަރ ބުލީން ކެމްޕެއިންއެއް ނެޓްނެނީއާއިއެކު އަންނަނީ ހިންގަމުންނެވެ.

ރާއްޖޭގެ އައިސީޓީ ދާއިރާގައި ފުރަތަމަ ފަހަރަށް ޕާސަނަލް ޕާސަނަލް ކޮމްޕިއުޓަރސްއިން މިވަނީ އެކުންފުނީގެ އޮތޮރައިޒްޑް ބްރޭންޑްތަށް މެދުވެރިކޮށް އައިޓީ އެކްސެސަރީސް އަދި ކޭބަލްސްއަށް ވޮރެންޓީ ދޭންފަށާފައެވެ.

ރިއެކްޝަންސް
1
0
0
0
0
0
0