މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
9 އޮކްޓޯބަރ 2022 - 17:54
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުން މުހިއްމު: ނައިބު ރައީސް
Today, Vice President @faisalnasym met with the management and staff of @urh_mv and toured the facility. He enquired about the progress of service optimisation work at the facility being developed as a tertiary hospital. pic.twitter.com/v5oelFajee— The President's Office (@presidencymv) October 9, 2022
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީވެސް ސްޕެޝަލައިޒް ވަކި ދާއިރާތަކަށް ޚާއްޞަ ކުރެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވައިފި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓްރާންސްޕޯޓް ނެޓްވޯކުން އުނގޫފާރާއި، އެހެން ރަށްތައް ގުޅާލެވުމުން މިހާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު އިތުރުވެގެންދާނެ ކަމުގައެވެ.
ކޮރަޕްޝަނާމެދު ޢާންމުން ދެކޭގޮތް ބެލުމުގެ ދިރާސާއެއް ކުރަނީ
ACC has signed a contract with @VillaCollegeMv to conduct the first national corruption perception survey in Maldives. pic.twitter.com/e3VrHDqMxa— ACC-MALDIVES (@ACC_Maldives) October 9, 2022
ކޮރަޕްޝަނާމެދު ޢާންމުން ދެކޭގޮތް ބެެލުމުގެ ޤައުމީ ދިރާސާއެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި އޭސީސީއިން ވިލާ ކޮލެޖާއެކު ސޮއިކޮށްފިއެވެ.
އަމީނީ މަގުގެ ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން
We will be filing a case tomorrow at the court on behalf of our client @MohamedNasheed, requesting for an order to stop the removal of urban forestry in Ameeni Magu, as such removal will cause irreparable damage to the environment.
We will also seek a temporary injunction order. pic.twitter.com/ZRxcXdj5Ef— SHUNANA & CO.LLP (@shunanaLLP) September 28, 2022
އަމީނީމަގު ހެދުމަށް ގަސްކެނޑުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޑްރަގް މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ކަށަވަރުކުރާނެ ގޮތް ކަނޑައަޅައިފި
Practice Direction: SCPD-06/2022
🔗: https://t.co/ea0ksAXJV5 pic.twitter.com/VnoHPH9kRO— Supreme Court of the Maldives (@SCMaldives) October 9, 2022
މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރާނެ ގޮތް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުން މިއަދު ނެރެފި އެވެ.
މިއަންނަ ޖަނަވަރީމަހުގައި އެނިމަލް ފެސިލިޓީއެއް އަޅަނީ
ޖެނުއަރީމަހު އެނިމަލް ފެސިލިޓީގެ އަމަލީ މަސައްކަތް ފެށޭނެ: މޭޔަރު މުޢިއްޒުhttps://t.co/hf2PJ26T4l— Male' City Council (@MaleCitymv) October 9, 2022
އަންނަ އަހަރުގެ ޖެނުއަރީމަހު ގެ ތެރޭގައި ނުވަތަ އެނިމަލް ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.