ރާއްޖެއިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފި
12 އޮކްޓޯބަރ 2022 - 10:58
ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފިއެވެ.
މި ކާމިޔާބީ އިއުލާންކޮށްފައިވަނީ އދ ގެ އޮފިޝަލް ޓްވިޓަރ އެކައުންޓް އިންނެވެ.
The United Nations🇺🇳 General Assembly has elected #Maldives🇲🇻 as a member of the #HumanRights Council for the term 2023-2025 ➡️https://t.co/TAZ7ROnFhk pic.twitter.com/AFka1HQNsg— UN Human Rights Council (@UN_HRC) October 11, 2022
އދ.ގެ މައި މަރުކަޒުގައި ހިއުމަން ރައިޓްސް ކައުންލިސްގެ އިންތިހާބަށް ވަނީ ސިއްރު ވޯޓެއް ނަގާފައެވެ.189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. ރާއްޖޭގެ އިތުރުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ގައުމެއް އިންތިހާބުވިއެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާފައިވާއިރު، ރާއްޖެއިން ވާދަކުރީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ. އެ ހަތަރު ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވާދަކުރިއެވެ. ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ގައުމެކެވެ. މީގެތެރެއިން ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުސަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.
ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ ކުރިމަތިލާފައެވެ.